• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބޮޑެތި ތުހުމަތުތަކާއެކު މިފްކޯގެ އެމްޑީ ގެ މަގާމުން ސަމާހު ވަކިކުރަނީ!

by މުރާސިލު
މާރޗް 19, 2024
in ޚަބަރު
0
ބޮޑެތި ތުހުމަތުތަކާއެކު މިފްކޯގެ އެމްޑީ ގެ މަގާމުން ސަމާހު ވަކިކުރަނީ!

މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު މަގާމާއި ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅެކެވެ. އެހެން ވިޔަސް މުޅި ކުންފުނީގެ އެތެރެއާއި ބޭރުން އަންނަނީ ސަމާހުގެ އެކިއެކި މައްސަލަތަކެވެ. އެންމެ ފަހުން އެ މައްސަލަތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑަށްވެސް ވަނީ ހުށައަޅާފައެވެ. އެ ބޯޑަށް ހުށައަޅާފައިވާ އެތައް މައްސަލައެއް ބަލަމުންދާތީ ސަމާހު ހުރީ ވަގުތީގޮތުން މަގާމުން ސަސްޕެންޑުކޮށްފައެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ހުރިހާ މައްސަލަތަކަކުން ސަމާހުއަށް ރެކެވަޑައި ނުގަނެވޭނެ ކަމަށާއި، މައްސަލަތައް ބަލާ ނިމުމުގެ ކުރިން ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. މަސްވެރިންނަށް ފައިސާ ނުލިބިގެން އަބަދު އެންމެ ބޮޑު ޕްރެޝަރެއް ދިމާވެފައިވާ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމުގެ ވެސް ވިސްނުންހުރީ ސަމާހު ވަކިކޮށް، ކުންފުނި ހިންގޭނެ ގާބިލު ’ހަރަދު ކުޑަ‘ ވެރިއެއް މިފްކޯއަށް ހޯދުމެވެ. މިނިސްޓަރުވަނީ އެފަދަ ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސަށް އިލްތިމާސް ކުރައްވާފައެވެ.

ސަމާހުގެ މައްސަލަތަކުގެ ލިސްޓު:

-ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން، މި ގޮތުން ރައްޔިތުން މަޖުލީހުގެ އިންތިހާބަށް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުން މިފްކޯއަށް ގެންގޮސް ހަދިޔާގެ ގޮތުގައި މަސްދަޅު ފަދަ ތަކެތި ދީފައިވޭ، މިފްކޯގެ ރަސްމީ ސޯސަލް މީޑިއާގައިވެސް މި ހަބަރު ޖެހުމަށްފަހު، ފާޑުކިއުން އަމާޒުވުމުނ ވަނީ އެ މެސެޖުތައް ފުހެލާފައި. މި މައްސަލާގައި ސަމާހު ބުނެފައިވަނީ އެ ކެންޑިޑޭޓުންނަށް މިފްކޯގެ އުފެއްދުންތައް ދީފައިވަނީ ’އިސްތިހާރު ކުރުމުގެ ބޭނުމުގައި ކަމަށް‘.

-ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން، ހާއްސަކޮށް ސަރުކާރު މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖުލީހަށް ވާދަކުރާ ފަރާތްތަކަށް ތާއިދު ނުކުރާ މުއައްޒަފުން މިފްކޯގެ އެހެން ސައިޓުތަކަށް ބަދަލުކޮށްފައިވޭ،

ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން، މީގެ ތެރޭގައި ސަމާހު ގެ ރަހުމަތްތެރިންނާއި އާއިލީ ގުޅުން އޮންނަ ފަރާތްތަކަށް އިއުލާން ކުރުމެއް ނެތި ވަނީ ވަޒީފާތައް ދީފައި.

-ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން، މި ގޮތުން ސަމާހު ވިޔަފާރީގެ ބައިވެރިންނަށް ވަނީ މިފްކޯގެ އިސް މަގާމުތަކެއް ހަމަޖައްސާދީފައި.

-ހެޑު ހަންޓް ކުރުމުގެ ނަމުގައި ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން

-އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން

-ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން، މި ގޮތުން ސަމާހުއަށް އިތުބާރު ކުރެވޭ ގާތް ރައްޓެހިންނާއި މިފްކޯ ހިންގަން ހަވާލުކޮށް، އެކަމުގެ ޝަކުވާ ވަނީ މިފްކޯ ތެރޭގައި ވަރަށް ބޮޑުވެފަ،

ކުންފުނީގެ ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން، މިއީ ޒަމާންތަކެއް ވަންދެން މިފްކޯގެ އެންމެ އިތުބާރުހިފޭ އެއް ކޮމިޓީ ކަމަށްވިޔަސް ސަމާހު ހަވާލުވެ އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ބިޑު ކޮމެޓީ ކުއްލިއަކަށް ބަދަލު ކުރުން.

ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން،

ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން

ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން، ސަމާއު ގެގާތް ހުރިހާ ރަހުމަތްތެރިން ކަހަލަ ގޮތަކަށް ބޭނުން އިރަކު މިފްކޯގެ އޮފީހަށް ވަދެވޭ ގޮތަށް ވަނީ އެކްސެސް ދީފައި

ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން، މި ގޮތުން އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ތައިލެންޑަށް ކުރި އަގުބޮޑު ދަތުރު، މި ދަތުރުގައިވެސް އާއިލީ ގާތް ރަހުމަތްތެރިންނާއި އެކު ބިޒްނަސް ކުލާހުން ދަތުރުކުރުމުގެ އިތުރުން އެކޮމޮޑޭޝަނުގެ ގޮތުގައި ބޭނުން ކުރީ އެންމެ އަގުބޮޑު ސުއިޓުސްތައް.

މި މައްސަލަތައް ޕީބީސީ އިން މިހާރު އަންނަނީ ބަލަމުންނެވެ. ސަމާއުގެ އަނބިކަނބަލުންނަކީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެެއްގެ އިތުރުން ޕީއެންސީގެ ބާރުގަދަ ސިޔާސީ އެކްޓިވިސްޓެކެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©