• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ރޯދަމަހު އިތުރު ތަކުލީފެއް ނުޖައްސާ، އިންތިހާބު ރޯދައިގެ ފަހަށް ލަސްކުރަން ޖެހޭ – ފައްޔާޒު

by މުރާސިލު
ފެބްރުއަރީ 19, 2024
in ޚަބަރު
0
ރޯދަމަހު އިތުރު ތަކުލީފެއް ނުޖައްސާ، އިންތިހާބު ރޯދައިގެ ފަހަށް ލަސްކުރަން ޖެހޭ – ފައްޔާޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ރޯދަމަހު ބާއްވާ ނަމަ، ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމަށާއި، ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު އަދާކުރުމަށް ފަސޭހަކުރަން ބޭނުން ނަމަ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ޖެހޭ ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު މި ގޮތަށް ވިދާޅުވީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖުލީހުން ފާސްކޮށްފައިވާ ބިލު، ރައީސް ޑރ.މުއިއްޒު ތަސްދީގު ކުރުން ލަސްކުރަމުންދާތީވެ އެކަމަށް އިޝާރާތްކޮށެވެ.

”ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާން މަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ހައްގުގެ ބޭނުންކުރުމަށް. އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގުކުރަން ޖެހޭ،“ ފައްޔާޒު ވިދާޅުވިއެވެ.

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެނެސްފައިވަނީ އެ ގާނޫނުގެ 43 ވަނަ މާއްދާއަށެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި ވޯޓު ނަގާ ގަޑި އަދި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާން ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

އޭގެ ފަހަތަށް ދެ އަކުރެއް އިތުރުކުރަން ބިލުގައި ހިމަނާފައިވާ އިރު، (ށ)ގެ ގޮތުގައި ހިމަނާފައިވާ އިސްލާހުގައި ބުނެފައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރި އިސްލާހުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

އެމްޑީޕީ މަޖުލިސް މެމްބަރުންނާއި އެ ޕާޓީގެ އިސްވެރިން ވިދާޅުވަނީ ރޯދަމަހަކީ ދިވެހިން އަޅުކަމާއި އެނޫންވެސް އެހެން ގިނަ ކަންކަމުގައި ދުވާލުގެ ގިނަ ވަގުތު މަސްއޫލުވެގެން އުޅޭ މައްސަރެއް ކަމަށާއި، ރަސްމީ މަސައްކަތުގެ ގަޑިވެސް ލުއިކޮށްދީފައިވަނީ ރޯދަމަހުގައި ދިރިއުޅުން ފަސޭހަކޮށްދިނުމަށް ކަމަށެވެ. އެހެން ކަމުން ރޯދަމަހު ރައްޔިތުންގެ މަޖުލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ބޮޑު އިންތިހާބެއް ބޭއްވުމަކީ އުނދަގޫ ކަމެއް ކަމަށާއި ގިނަ ބަޔަކަށް ވޯޓުލާން ނިކުންނަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަނެއްކޮޅު އެފަދަ ދުވަސްތަކެއްގައި ސިޔާސީ ބޮޑު ހަލަބޮލިކަމެއް އަތުވެދާނެ ފަދަ ކަމެއް ކުރުމަކީވެސް ރަނގަޅު ކަމެއްނޫން ކަމަށްވެސް އެމްޑީޕީން ދެކެއެވެ.

މި ބިލަށް ރައީސް ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނު ނިސްބަތްވާ ޕީއެންސީގެ މަޖުލިސް މެމްބަރުން ދެކޮޅެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©