• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފިޝަރީޒް މިނިސްޓްރީގެ ޑީޖީ ގެ މުސާރައާއި ބެހޭ ގޮތުން މަސްވެރިންނަށް ހެދީ ދޮގެއް!

by މުރާސިލު
ފެބްރުއަރީ 19, 2024
in ޚަބަރު
0
ފިޝަރީޒް މިނިސްޓްރީގެ ޑީޖީ ގެ މުސާރައާއި ބެހޭ ގޮތުން މަސްވެރިންނަށް ހެދީ ދޮގެއް!

މި ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި އިޖުތިހާދު ކުރަމުންދިޔަ މަސްވެރިންނާ މުހާތަބުކޮށް، ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ.ހުސެއިން ސިނާނު ދޮގު ހެދުމުން އާއްމުންނާއި މަސްވެރިންގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. މަސްވެރިންނަށް ފައިސާ ނުލިބި ވަރަށް ދަތި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ބުނުމުން ސިނާނު ވިދާޅުވީ ތިމަންނާއަށްވެސް ލިބެނީ އެންމެ 7000 ރުފިޔާ ކަމަށެވެ. ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމަށް ވިދާޅުވެ އެ ވަރު ދަށް މުސާރައެއް ބުނުމުން ބައެއް މަސްވެރިން ގަބޫލު ކުރިޔަސް އެ މައުލޫގައި ވާހަކަ ދައްކަން ބައެއް މަސްވެރިން ޝައުގުވެރިއެއް ނުވިއެވެ.

ނަމަވެސް ފަހުން އެ ވީޑިއޯ ސޯސަލް މީޑިއާގައި ދައުރުވާން ފެށުމުން މަސްވެރިންނާއި ބައެއް އާއްމުންވެސް އަންނަނީ ވަރަށް ބޮޑަށް ސިނާނަށް ފާޑުކިޔަމުންނެވެ. މަސްވެރިންގެ ޖަޒުބާތީ ވަގުތުކޮޅެއްގައި އެމީހުންނަށް މާ ގިނަ ފައިސާ ލިބޭނެ ކަމަށް ބުނެ ހުއްޖަތް ދައްކަން ތިމާއަށް ލިބޭ ވަރަށް ވުރެ ދަށްކޮށް، އަދި ސަރުކާރުގެ އެ ފެންވަރުގެ ބޭފުޅަކު ބުނުމަކީ ލަދު ހުތުރު ކަމެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ. އަނެއްކޮޅުން މަސްވެރިންގެ ހިމާޔަތުގައި އެންމެ ބޮޑަށް ހުންނަން ޖެހޭ ސިވިލްސަރވިސްގެ ބޭފުޅަކު، ސިޔާސީ މަގާމުތަކުގައި ތިބި ފިޝަރީޒް މިނިސްޓަރާއި ޕީއެންސީގެ ސިޔާސީ އެކްޓިވިސްޓުންގެ ދިފާއުގައި މަސްވެރިންނާ ޒުވާބުކޮށް، އެމީހުންަށް މާ ގިނައިން ފައިސާލިބޭ މޭރުކަމުން ވާހަކަދެއްކުން ބަލައި ނުގަނެވޭނެއެވެ. އަނެއް ބަޔަކު އަންނަނީ ސިނާނުގެ ކުރީގެ އާދައިގެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގެ ވާހަކަ ދައްކައި ބައެއް ޒާތީ މައުލޫމާތުވެސް އަންނަނީ ސޯސަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެމީހުން ސުވާލު ކުރަނި މިއީ ހަމަ އެންމެ 7000 ރުފިޔާ ލިބޭ މީހަކު ކުރެވޭނެ ހަރަދު ހެއްޔެވެ؟

‼️My God! Pls listen to this liar Sinan from Fisheries!

🔹He tries to fool the fishermen by trying to ask name, they weren’t interested.

🔹They then asked him if he’s getting monthly salary. He tried to avoid it 3 times. But later said “I get 7K”. That’s his basic salary.… https://t.co/bDaNVLkYk1 pic.twitter.com/KDb24oznmU

— Hassan Kurusee (@HKurusee) February 18, 2024

މުރާސިލަށް މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީގެ މުއައްޒަފެއް ވިދާޅުވީ އާއްމު ގޮތެއްގައި ޑިރެކްޓަރ ޖެނެރަލަކަށް މުސާރައާއި އެހެނިހެން ގޮތްގޮތުން ތިރީސްހާސް ރުފިޔާއަށް ވުރެ އިތުރަށް ލިބޭނެ ކަމަށެވެ. ސިވިލް ސަރވިސްގެ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ބަޔަކީ ޑިރެކްޓަރ ޖެނެރަލުންނެވެ. އަނެއްކޮޅުން އެލަވަންސް ތަކާއި ތައުލީމީ ސެޓްފިކެޓުތަކުގެ އަދަދަށް ބަލައި މުސާރައަށް އިތުރުވާ ބައިވެސް ބޮޑުވެއެވެ.

ރެއާއި ދުވާލު ކަނޑުމަތީގައި، ވެހޭހާ ވާރޭގައި، ގަދަ އަވީގައި ދޯންޏެއްގެ ފެންފިލާގަނޑު މަތީގައި ހުރެ އާމްދަނީ ހޯދާ މަސްވެރިއަކާއި، ސަރުކާރުގެ އޮފީހެއްގެ ވެރިއެއް، ފިނިކުރި ކޮޓަރިކޮޅުގައި އިނދެ، ކޮންމެ ކަމަކަށް ސެކްޓްރީން ލައިގެން ހެނދުނު 9 ން 2 އަށް ކުރާ މަސައްކަތުން ލިބޭ އެއްޗެއް އަޅާކިޔަން ހެޔޮވާނެ ހެއްޔެވެ؟ އާއްމު ރައްޔިތަކު ސުވާލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©