• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ބިންވެރިޔާ ސްކީމުން ބޭރުން ފަޒުލު ރަޝީދުގެ ބޭބެއަށް ބޮޑު ބިމެއް ދީފި

by އަބްދުﷲ ސަފީގު އަލީ
ފެބްރުއަރީ 14, 2025
in ޚަބަރު
0
ބިންވެރިޔާ ސްކީމުން ބޭރުން ފަޒުލު ރަޝީދުގެ ބޭބެއަށް ބޮޑު ބިމެއް ދީފި

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެއަށް ’ލިސްޓުން ބޭރުން‘ ގޯތި ދިން މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ”ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ގެންދަނީ ހިންގަމުން ”ނެވެ.

މި މައްސަލަ ފަޅާއެރީ އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ހުޅުމާލޭ  ލޮޓް ނަމްބަރު 20768 ލިބިފައިވާ ކަމަށް ދެ ފަރާތަކުން ބުނެ ވަށާފާރު ރޭނުމަށް އެދިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ފަޒުލު ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއު އެސްސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދެވެ. ހައުސިން މިނިސްޓްރީގެ ބިންވެރިޔާ ސްކީމުގައި ފަޒީލު ރަޝީދު ހިމެނިފައިވަނީ ބިން/ގޯތި ސަރުތު ހަމަ ނުވާ ބައިގައެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ މީގެ ކުރިންވެސް އެފަދަ ސްކީމަކުން ފަޒީލު ރަޝީދަށް ބޯހިޔާވަހިކަން ދީފައިވުމެވެ. އެޗްޑީސީގެ މި ބިމާއި އެކު ފަޒީލު ރަޝީދަށް ދެ ބިން މިލްކުވާނެއެވެ. މީގެ އިތުރުން ފަޒީލު ރަޝީދު ހިމެނޭ ގޮތަށް މާލޭގައިވެސް އާއިލީ ތަރިކައިން ބޮޑުބިމެއް މި އާއިލާގެ އޮވެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލު ރަޝީދުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައެވެ. މީގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މަޖުލިސް މެމްބަރުންވެސް ވަނީ ފަޒުލު ރަޝީދުގެ ހިޔާނާތުގެ މައްސަލަތަކެއްގެ ވާހަކަ ދައްކާފައެވެ.

ފަޒުލު ރަޝީދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިނިސްޓަރު ފެންވަރުގައި ރައީސް އައްޔަންކުރައްވާފައިވާ ހަމައެކަނި މެނޭޖިން ޑައިރެކްޓަރެވެ. ފަޒުލު ރަޝީދުގެ އާއިލާގެ ގިނަ ބަޔަކަށް ވަނީ މި ސަރުކާރުން ސިޔާސީ މަތީ ވަޒީފާތަކެއް ހަމަޖައްސާ ދީފައެވެ. މީގެ ތެރޭގައި ލިސްޓުން ބޭރު ގޯތި ލިބުނު ފަޒީލު ރަޝީދަށް އެމްޑަބްލިއު އެސްސީ ގެ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު، ފަޒުލު ރަޝީދުގެ އަންހެން ކޮއްކޮ ފިޒާނާ ރަޝީދަށް ކޮލިފިކޭޝަން އޮތޮރިޓީގެ ވެރިޔާގެ މަގާމު ހިމެނެއެވެ.

ފަޒުލު ރަޝީދުގެ އަނބި ކަނބަލުން ސަރުތު ހަމަނުވަނިސް ހުޅުމާލެއިން ބިމެއް ވިއްކި މައްސަލައެއްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. ނަމަވެސް މި މައްސަލަ ކަމާ ބެހޭ އެއްެވެސް އިދާރާއަކުން ބަލާފައި ނުވެއެވެ. މި ބިން މިހާރު ވަނީ ފަޒުލު ރަޝީދުގެ އަނބިކަނބަލުންގެ ނަމަށް ރަޖިސްޓްރީވެސް ކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©