ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުގައި 2023 ނޮވެންބަރު 17 ގައި އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ވުޒާރާތަކުގެ އޮނިގަނޑާއި މަސައްކަތްތަށް ރައްޔިތުންގެ މަޖުލީހަށް ފާސްކުރެއްވުމަށްޓަކައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށައެޅުއްވީ މިއަދެވެ.
ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރުމަށް މިއަދު ވޯޓަށް އެހުމުން ނިޒާމީ ނުކުތާއެއް ނަގްނަގަވައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ މިނިސްޓްރީތަކުގެ މަސައްކަތްތަކާއި އޮނިގަނޑު ފާސްނުކޮށް މިނިސްޓަރުން އައްޔަން ކުރުމަށް ރުހުން ދިނުމަށް ވޯޓަކަށް ނޭހޭނެ ކަމަށެވެ. މި މައްސަލަ ރިޔާސަތުން ބަލައިގަނެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ވަނީ އަނބުރާ ކޮމެޓީއަށް ފޮނުވާފައެވެ.