• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ވުޒާރާ ތަކުގެ މަސައްކަތް ފާސްކޮށްފައި ނެތުމުން ވަޒީރުންނަށް ރުހުން ދިނުން އަނބުރާ ކޮމެޓީއަށް

by މުރާސިލު
ޑިސެމްބަރ 18, 2023
in ޚަބަރު
0
ވުޒާރާ ތަކުގެ މަސައްކަތް ފާސްކޮށްފައި ނެތުމުން ވަޒީރުންނަށް ރުހުން ދިނުން އަނބުރާ ކޮމެޓީއަށް

ވުޒާރާތަކުގެ މަސައްކަތް ފާސްކޮށްފައި ނެތުމުން ވަޒީރުންނަށް ރުހުން ދިނުން އަނބުރާ ކޮމެޓީއަށް ފޮނުވާލައިފިއެވެ.

ރައްތިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ވަޒީރުންނަށް ރުހުން ދިނުން ކުރިއަށް ގެންދެވޭ ގޮތް ނުވީ، އެ ވަޒީރުން އައްޔަންކޮށްފައިވާ ވުޒާރާތަކުގެ ދާއިރާ ތަކާއި އެ ވުޒާރާގެ އޮނިގަނޑު ރައްޔިތުންގެ މަޖުލީހަށް ފާސްކުރަން ހުށައަޅާފައި ނެތުމުންނެވެ.

ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓުގައި އެދިފައި އޮތީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ކިބައިގައި ހަމަވާ ކަމަށް ކަނޑައަޅައި، ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމަށެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ފެށުމާއެކު އެ މައްސަލައިގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

”އެއީ މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާގެ (ވ)، (ރ)، (ކ) އަދި (އ) ގައި ބަޔާންކުރާ ހަމަތަކާ ހިލާފަށް އޮތް ރިޕޯޓެއް، ނުވަތަ އެ މާއްދާތަކުގައި ހިމެނޭ ކަންތައްތައް ފުރިހަމަ ނުވާ ރިޕޯޓެއްވީމަ އެއީ މިއަދު ވޯޓަށް އެހޭނެ ރިޕޯޓެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،“ ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އާއި 200 ވަނަ މާއްދާގެ (އ) އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސަައްކަތްތަކަކީ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް އެކަންތައް މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވިއެވެ.

”މި ސަރުކާރުން މިނިސްޓްރީތައް ގާއިމުކޮށް 30 ދުވަސް ވެފައިވާއިރު، މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައިނުވާތީ މެންޑޭޓް ދިރާސާ ނުކޮށް މިނިސްޓަރުންނަށް ރުހުން މި ދެނީ އެ ބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ނުވަތަ އަދާނުކުރުމުގެ ގާބިލިއްޔަތުކަން ހުރެގެން ނުވަތަ ނެތިގެން ކަން ރިޕޯޓުން ސާފުނުވާކަން އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޓީއަށް އެ މަރުހަލާގައި މެންޑޭޓް ފޮނުވާފައި ނެތީމަ އެއީ ދިރާސާ ކުރެވޭނެ މައްސަލައެއް ނޫން، މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ރ)، (ކ) އަދި (އ) އަށް ބަލާއިރު (ރ)ގައި މަޖިލީހުގެ ރުހުމަށް އެދި ފޮނުވާ ކަމަކާ ގުޅޭ ގޮތުން ކޮމިޓީން އެ މާއްދާގައި ބުނާ ދެ ގޮތުގެ ތެރެއިން އެއް ގޮތަކަށް ނިންމަންވާނެ ކަމަށް ބަޔާންކޮށްފައި އެބަވޭ، އެއީ ރައްިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ރުހުން ދިނުމަށް ނުފެންނަ ކަމަށް، އަޅުގަނޑު ފާހަގަކުރަން އެޖެންޑާ ކުރެވިފައި މިވާ ރިޕޯޓުގައި ދެ ގޮތުން ކުރެ ގޮތަކަށް ނިންމައި ކޮމިޓީ ރިޕޯޓުގައި ހިމަނާފައިނުވާކަން،“ ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި ވޯޓަށް އެހޭނީވެސް އެ ދެ ގޮތުންކުރެ ގޮތަކަށް ނިންމާފައިވާ ރިޕޯޓަކަށްކަން، މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ.

”މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާގެ (އ) އިން އެނގޭ ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށްފައިވާ ރިޕޯޓަކަށްކަން ރައީސަށް ވޯޓަށް އެހޭނީ، އެހެންކަމުން އެ ރިޕޯޓުގައި މި ދެ ގޮތުންކުރެ ގޮތަކަށް ބަޔާންކޮށްފައި ނެތްއިރު ރައީސަށް އެ ރިޕޯޓަށް ވޯޓަށް އެހޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެެއް ނުކުރެވޭ،“ ހިސާން ވިދާޅުވިއެވެ.

މި ނިޒާމީ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ކޮމިޓީން ފޮނުވި ރިޕޯޓު ތައްޔާރުކޮށްފައި ވަނީ މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާއާ އެއްގޮތަށް، ނޫން ކަމަށްވާތީ، ހިސާންގެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލިފުށީ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އާއި މައިނޯރިޓީ ލީޑަރު ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

”ޗެމްބަރަށް އެޖެންޑާ ކުރުމަށްފަހު ގޮތެއް ނިންމާނީ މެންބަރުން، ނިޒާމީ މައްސަލައަކާ ގުޅިގެން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކޮށްފައި ގޮތަކަށް ނުނިންމޭނެ،“ ތޯރިގު ވިދާޅުވިއެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ، އެއީ ރިޔާސަތުން ގޮތެއް ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ ރިޕޯޓު އޮތީ މަޖިލިސް ގަވާއިދުގައި ބުނާ ހަމަތަކާ އެއްގޮތަށް ނޫން ކަމަށްވާތީ، އަލުން އެކުލަވާލަން އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުއްވީ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ސަރުކާރުގައި އިތުރު ވުޒާރާތަކެއް އުފައްދާފައިވާއިރު، ކުރިން ހުރި ވުޒާރާތަކުގެ ނަމާއި އެ ވުޒާރާތަކުގެ މަސައްކަތްތަކަށްވެސް ވަނީ ބައެއް ބަދަލުތައް ގެންނަވާފައެވެ. ވަޒީރުންނަށް ރުހުންދޭއިރު މި ބަދަލުތަކާއި މި ވުޒާރާތަކުގެ އޮނިގަނޑު ރައްޔިތުންގެ މަޖުލީހަށް ހުށައަޅާފައި އޮންނަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©