ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައަކީ ހަގީގަތެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިހެން ވިދާޅުވީ މިއަދު އެކްސްގައި ޝާއިއުކުރި މެސެޖެއްގައެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ދެއްކެނީ ކިހިނެތްތޯ ސުވާލު ކުރުމުން ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން 2050 ވަނަ އަހަރު ރާއްޖޭގެ ބޮޑުބައެއް ނެތިގެންދާނެ ކަމަށް މާހިރުން ބުނާ ބުނުމަކީ އެހާ ސީދާ ބުނުމެއް ނޫން ކަމަށެވެ.
އަދި، މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަތައް އެފަދައިން ދައްކާ ކަމަށާއި ކަނޑުގެ ލޮނުގަނޑު އެ ބުނާ މިންވަރަށް މަތިވާތަން ނުފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ އިންޓަވިއުގައި އިތުރަށް ވިދާޅުވީ ރާއްޖެ އައިސް މި ގައުމުގެ ތިމާވެށީގެ ހާލަތު ބަލައިފިނަމަ، ރާއްޖޭގެ ތިމާވެށީގެ ހާލަތު ”އެހާ ސީރިއަސް“ ނޫންކަން އެނގޭނެ ކަމަށެވެ. ނަމަވެސް، ތިމާވެށީގެ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި ތިމާވެށީގެ މައްސަލަތަކަށް އިތުރު ސަމާލުކަން ވެސް ބޭނުންވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވާ މައުމޫން ކުރެއްވި އެކްސް މެސެޖުގައި ވިދާޅުވީ އެންމެން ވެސް ސައިންޓިފިކް ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއްކަމަށް މައުމޫން ލިޔުއްވާފައި ވެއެވެ. ސެޓެލައިޓު މައުލޫމާތުތަކަށް ރިފަރެންސް ދެއްވާފައި ރައީސް މައުމޫން ވިދާޅުވީ ކަނޑުގެ ލޮނުގަނަޑު ވޭތުވެދިޔަ 30 އަހަރުގެ ތެރޭޣައި 3.4 މިލިމީޓަރު އުފުލުފައިވާ ކަމަށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނަކީ ތިމާވެއްޓަށް ވަރަށް ލޯބިކުރެއްވި، ތިމާވެށީގެ ކަންކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވި ބޭފުޅެކެވެ.
މުއިއްޒުގެ އިންޓަވިއުގައި އެގޮތަށް ވިދާޅުވުމުން ތިމާވެށީގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ރާއްޖޭގެ ތިމާވެށީގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި އުދައެރުމާއި ރަށްގިރުމުގެ މައްސަލަވެސް ވަރަށް ބޮޑު ކަމަށެވެ. ރާއްޖެ ފަދަ ފަސްގަނޑު ތިރި ޖަޒީރާ ގައުމެއްގައި އެންމެ ނާޒުކު އެއްޗަކީވެސް ތިމާވެށިކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
ޑޮކްޓަރު ފިލޯސަފަރު ލަގަބު ލިބިފާހުރި މީހާބުނާބަހަކީ ދިވެހިންގަބޫލުކުރުންހައްގުވާނޭ އޭނާ ނުހައްދަވާނެ އިތުރުފުޅެއް