އިޒްރޭލުގެ ބޮމުގެ ހަމަލާއިން 500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހދުކޮށް ގަތުލު އާއްމު ހިންގި ގާޒާގެ އަލް އަހުލީ އަރަބް ހޮސްޕިޓަލަކީ ގާޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލެވެ. ބަލި މީހުންނާއި އިޒްރޭލުގެ ހަމަލައިން ސަލާމަތްވުމަށް ހޮސްޕިޓަލުގައި ތިބި އަންހެނުންނާއި ކުޑަކުދިން އަދި އުމުރު ދުވަސްވީ މީހުންނާއެކު ގޮއްވާލި ހޮސްޕިޓަލުގެ ބައެއް މައުލޫމާތު ތަކަށް ބަލާއިރު؛
- އަލް އަހުލީ އަރަބް ހޮސްޕިޓަލު ހުންނަނީ ގާޒާގެ މެދުތެރޭ އަވަށެއްގައެވެ. ހޮސްޕިޓަލް ހިންގަމުންދަނީ އެސްޕިކޮޕަލް ޑިއޯސިސް އޮފް ޖެރޫސަލަމް އިންނެވެ.
- ހޮސްޕިޓަލް ބިނާ ކުރެވުނީ 1882 ގައެވެ. މިއީ ގާޒާ ގެ އެންމެ ދުވަސްވީ ހޮސްޕިޓަލެވެ.
- ހޮސްޕިޓަލަށް ދީފައިވާ އަލް އަހުލީ ހޮސްޕިޓަލުގެ ނަން ބޭނުންކޮށްފައިވަނި ’އަރަބި ރައްޔިތުންގެ ހޮސްޕިޓަލު‘ ގެ މާނާގައެވެ.
- ހޮސްޕިޓަލުން ކޮންމެ އަހަރަކު 45000 އަށް ވުރެ ގިނަ ބަލި މީހުންނަށް ފަރުވާދެއެވެ.
- ހޮސްޕިޓަލުން ބައެއް ބަލިތަކާއި ސިއްހީ ކަންކަކަމަށް ހިލޭ ފަރުވާލިބޭ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ އަންހެނުންނާއި، ފިހިގެން ގެންނަ ބަލި މީހުންނާއި، ކުޑަކުދިންގެ ތެރެއިން ހެދިބޮޑުވަމުން އަންނަ އިރު ހުންނަން ޖެހޭ ބަރުދަން ހަމަނުވާ ކުދިންނާއި، އުރަމަތީ ކެންސަރު ހުރިތޯ ބެލުމަށްސްކްރީން ކުރުމާއި، ނަފްސާނީ މައްސަލަތައް ދިމާވެފައި ތިބޭ ކުޑަކުދިންނަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތެވެ.