ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިޒްރޭލު ސިފައިން ދެމުންދާ ލާއިންސާނީ ހަމަލާގައި ހާލުގަ ޖެހޭ ފަރާތް ތަކަށް އެހީތެރިވުމުގެ ގޮތުން ކޭކް ޑޮނަސްއިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މާލޭގެ ކޭކް ޑޮނަސްގެ މެމްބަރުންނާއި ހދ.ފިނޭއިން ހަރަކާތްތެރިވި އެރަށުގެ ކޭކު ޑޮނަސް މެމްބަރުންގެ މަސައްކަތުން ލިބުނު ޖުމްލަ 347،271ރ. ރުފިޔާއާއި 365 ޑޮލަރު އަދި 55 ޔޫރޯ ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ޖަމާއަތާއެވެ. އިއްޔެގެ މި ހަރަކާތުގައި ކޭކް ޑޮނަސްގެ 200 މެމްބަރުންނާއި ވޮލެންޓިއަސްއާއި އެކު ޖުމްލަ 300 ފަރާތުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ޕޭސްޓްރީގެ އެކި ބާވަތްތައް ވިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވިއެވެ.

ކޭކް ޑޮނަސްއިން މައުލޫމާތުދޭ ގޮތުގައި ކުރިއަށްވެސް އެހެން އިވެންޓުތަކެއް ރޭވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެެވެމުންނެވެ.
ކޭކް ޑޮނަސްއިން ވަނީ މީގެ ކުރިން ސީރިޔާގެ މުސްލިމުންނާއި، ރޮހިންޏާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ރާއްޖޭގައި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފަންޑުރައިސް ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.