• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި އިންވެސްޓު ކުރެވޭނެ އެންމެ ކުޑަ މިންވަރު ދަށްކޮށްފި

by މުރާސިލު
ޑިސެމްބަރ 17, 2023
in ޚަބަރު
0
ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ޔަގީންކަން ދީފައިވޭ

ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނިމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. އެމަނިކުފާނު މިކަން ކަނޑައެޅުއްވިކަން ހާމަކުރައްވާފައިވަނީ މިއަދު މިކަމާގުޅޭގޮތުން ނެރުއްވި ޤަރާރުގައެވެ.

އެގޮތުން މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ ޤަރާރުގައި، ސްޓްރެޓިޖިކް އިންވެސްޓްމަންޓްގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހެޅޭނީ ޖުމްލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤަރާރުގައި މައިގަނޑު 9 ދާއިރާއިން އިންވެސްޓް ކުރެވިދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއެކު، މި ޤަރާރުގައި މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގުކަމުގައި ބަލާނީ، ޑިވެލޮޕަރު ޤާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ޤާއިމުކުރުމަށް އެ ފަރާތުން ޚަރަދުކުރުމަށް ހުށަހަޅާ އެންމެކުޑަ އަދި ބަދަލުނުވާނެ އިންވެސްޓްމަންޓްގެ އަދަދުކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގުކަމުގައި ބަލާނީ، ޑިވެލޮޕަރު އެ ތަނެއް ޤާއިމުކުރަން ޚަރަދުކުރާ ބަދަލުނުވާ އިންވެސްޓްމަންޓަށާއި، މާލީ ޚިދުމަތް ފަށައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ޔަޤީންކަންދޭ ކެޕިޓަލް އިންވެސްޓްމަންޓަށްކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޑިވެލޮޕަރު ހުށަހަޅާ ޖުމުލަ އިންވެސްޓްމަންޓުގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓުގެ ބައިތަކަށް ޚަރަދުކުރާ ޖުމުލަ އިންވެސްޓްމަންޓުގެ މިންވަރަށްވުރެ، ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓުގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެކަމުގައިވެސް މި ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން ސްޕެޝަލް އިކޮނޮމިކް ޒޯނަށް އިންވެސްޓުކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150 މިލިއަން ޑޮލަރެވެ. އެގޮތަށް ކަނޑައެޅުއްވީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ހަމަޖައްސާފައިވަނީ 150 މިލިއަން ޑޮލަރަކީ އިންވެސްޓު ކުރެވޭނެ އެންމެ ކުޑަ މިންވަރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©