• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ’މޯލްޑިވިއަން‘ އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި ’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތަޢާރަފް ކުރަނީ

by މުރާސިލު
ޑިސެމްބަރ 17, 2023
in ޚަބަރު
0
ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ’މޯލްޑިވިއަން‘ އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި ’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތަޢާރަފް ކުރަނީ

މޯލްޑިވިއަން ގެ ފުލައިޓެއް ރާއްޖޭގެ ރަށެއްގެ އެއަރޕޯޓަކަށް ޖައްސަނީ. ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން ’މޯލްޑިވިއަން‘ އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި ’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތަޢާރަފްކުރުމަށްނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ ’ކަނެކްޓިންގ‘ ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް ’މޯލްޑިވިއަން‘ އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި

ޖޫން 2, 2025
ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި

މެއި 30, 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މެއި 5, 2025
ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ

މެއި 5, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ޓޯޔާޑުގައި ހުރި ފައްސަތޭކައަށް ވުރެ ގިނަ އުޅަނދު ނައްތާލައިފި
  • ގާ އެޅުމާއި ކާސްޓިންގެ މަސައްކަތް ކުރުމަށް ސަރުކާރުން ކުންފުންޏެއް އުފައްދައިފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި
  • ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު މައްސަލައެއްގައި މީހަކު ހޯދަނީ
  • މިނިސްޓަރ ޝަހީމު އިމްރާނަށް؛ ’މިނިސްޓަރުގެ މަގާމުން އިސްތިއުފާދޭކަށް ނުޖެހޭ“
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©