ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އެޑުވައިޒަރަކަށް އަބްދުއްރަހީމު ހަމަޖައްސަވައިފިއެވެ. ޕީއެންސީގެ ޗެއަރމަންގެ މަގާމުވެސް ފުރުއްވާ އަބްދުއްރަހީމަށް މި މަގާމު ދެއްވީ ސީނިއަރ މިނިސްޓަރުންގެ ފެންވަރުގައެވެ. މިއީ ރައީސް މުއިއްޒު ހަމަޖެއްސެވި ފުރަތަމަ ސިޔާސީ މަގާމެވެ.
އަބްދުއްރަހީމަށް މި މަގާމު ގެ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.
އަބްދުއްރަހީމަކީ ކުރިން ޕީޕީއެމް ޕީއެންސީ އެއްކޮށް ހިންގުވުމުގެ އެންމެ އިސްބޭފުޅާގެ އިތުރުން އިންތިހާބީ ރައީސްގެ ގޮތުގައި މުއިއްޒު ހުންނެވި އިރު އެ މަނިކުފާނުގެ ފަރާތުން އިންތިގާލީ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަވާލު ކުރެވުނު އެންމެ އިސްވެރިޔާއެވެ.