• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ނޮޅިވަރަމް ޓާފު ދަނޑު ރޯކޮށްލުމުގައި ހެޓްރިކެއް

by މުރާސިލު
ޖޫން 17, 2024
in ޚަބަރު
0
ނޮޅިވަރަމް ޓާފު ދަނޑު ރޯކޮށްލުމުގައި ހެޓްރިކެއް

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ. މިއި މި ދަނޑުގައި އަލިފާން ރޯކޮށްލި ތިން ވަނަ ފަހަރެވެ.

މީގެ ކުރިން ރޯކޮށްލާފައިވަނީ މި ދަނޑު ހަދަން ގެނައި ސާމާނުތަކުގައެވެ. އޭގެ ފަހުން ވަކި ވަރަކަށް ހަދާފައި ހުއްޓާ މިދިޔަ އަހަރު ތެރޭގައިވެސް ވަނީ ރޯކޮށްލާފައެވެ.

އެ ރަށުު ފުޓްސަލް ދަނޑުގައި ރޭ ރޯކޮށްލާފައިވަނީ ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނަނިކޮށެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކޮންމެ ފަހަރަކުވެސް ރޯކޮށްލަނީ ބަޔަކު ގަސްތުގައި ކަމަށެވެ.

އެގޮތުން، އެ ސަރަހައްދުން އަލިފާން ރޯކުރަން ބޭނުންކުރާ އާލާތްތައް ވެސް ވަނީ ފެނިފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯވިކަމުގެ މައުލޫމާތު ރޭ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެހެންވެ، މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ. އަދި، ރޯވީ ކަމެއް ނުވަތަ ރޯކޮށްލީ ކަމެއް ވެސް ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް ފުލުހުން ބުންޏެވެ.

މި ދުވަސްކޮޅަކީ އީދުގެ ފޯރި މުޅި ރާއްޖޭގައި ފާހަގަކުރަމުންދާ ދުވަސްކޮޅެއްވިޔަސް ނޮޅިވަރަންފަރުގެ ރައްޔިތުން ތިބީ އެރަށުގައި ކޮންމެ ފަހަރަކު މި ކަން ކުރާ މީހުން ހޯދައި އަދަބު ނުދެނީސް އެއްވެސް ކަހަލަ ކުޅިވަރެއްގައި ބައިވެރިވާ ގޮތަކަށް ނޫނެވެ. އެ ރަށު ބައެއް މީހުން ސޯސަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން ބުނެފައިވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ވަރަށް ބޮޑު އަގުލަބިއްޔަތެއް އޮންނަ އެ ރަށުގައި ކުށެއް ކުރިޔަސް އެކަން ކުރި ބަޔަކު ނުބެލެނީ ކޮންމެވެސް ސިޔާސީ ނުފޫޒަކުން އެކަން ކުރާ މީހުން ސަލާމަތްކޮށްދޭތީއެވެ. މީގެ ކުރިން ހިނގި މި ފަދަ ހާދިސާތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށް، ފިޔަވަޅު އަޅާފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©