• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އިންޑިއާ ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމުން ހުރިހާ ފައިދާއެއް ލަންކާއަށް

by އަބްދުﷲ ސަފީގު އަލީ
މެއި 17, 2024
in ޚަބަރު
0
އިންޑިއާ ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމުން ހުރިހާ ފައިދާއެއް ލަންކާއަށް

އިންޑިއާ ފަތުރުވެރިން ދިވެހި ރާއްޖެއަށް އައުން ހުއްޓާލުމުން އެކަމުގެ ފައިދާ ސްރީލަންކާއަށް ކުރަމުންދާ ކަމަށް އެގައުމުގެ ޓުއަރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ވިދާޅުވެއްޖެއެވެ. ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ ލަންކާގެ އިގުތިސާދު ހަމައަކަށް އަޅުވަން ކުރަމުންގެންދާ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން އިންތިހާއަށް ލިބެމުންދާ ކަމަށެވެ. މިގޮތުން ލަންކާއަށް ލިބުނު އެންމެ ބޮޑު ފުރުސަތަކަށްވީ އަވައްޓެރި އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނުދިއުމަށް އެގައުމުގެ ނުފޫޒު ގަދަ މީހުން ކެމްޕެއިން ކުރަން ފެށި ހިސާބުންނެވެ. ކުރިން ރާއްޖެއަށް ދަތުރުކުރި ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން މިހާރު ހިޔާރު ކުރަނީ ސްރީ ލަންކާ ކަމަށާއި އެކަމަށް (އިންޑިއާ ފަތުރުވެރިން ގެނައުމަށް) ވަރަށް ބޮޑު ކެމްޕޭނެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާއަކީ ވޭތުވެދިޔަ 3 އަހަރުވެސް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމެވެ. ހާއްސަކޮށް ކޮވިޑުގެ ފުރަބަންދަށް ފަހު ގައުމު ހުޅުވާލުމުން އެންމެ ގިނައިން އަންނަން ފެށީ އިންޑިއާގެ ފަތުރުވެރިންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ނުފޫޒު ގަދަ ފިލްމުސްޓާރުންވެސް ހިމެނެއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު ފެށުނު ދުވަސްކޮޅު އިންޑިއާ އާއި ދެކޮޅު ވާހަކަތައް ދެއްކުމާއި ހާއްސަކޮށް ޑެޕިއުޓީ މިނިސްޓަރުން ފާޅުގައި އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކޮށް ސޯސަލް މީޑިއާގައި ލިޔުންތަކެއް ލިއުނު ހިސާބުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދިޔައެވެ. ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުން ވަގުތީ ގޮތުން ވަޒީފާއިން ސަސްޕެންޑުވެސް ކޮށްފައެވެ.

ސްރީލަންކާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި އެންމެ ބޮޑަށް ވާދަކުރަމުން އަންނަ އަވައްޓެރި ގައުމެވެ. އެ ގައުމުގެ ގިނަ އަދަދެއްގެ މީހުން ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ ވަޒީފާތަކުގައި އުޅެމުންވެސް ސްރީލަންކާ ޕްރޮމޯޓު ކުރާ ކަމަށް ރިސޯޓުތަކުގައި އުޅޭ ދިވެހި މުއައްޒަފުން ތުހުމަތުކުރެއެވެ. ރާއްޖޭގެ ރިސޯޓު ތަކަށް މުދާ ސަޕްލައި ކުރުމުގެ ބޮޑު ޕަސަންޓޭޖެއް ކޮންޓްރޯލުކުރަނީވެސް ލަންކާގެ ވިޔަފާވެރިންނެވެ. ނަމަވެސް ދިވެހިން ދުވަހަކުވެސް ލަންކާގެ ނުފޫޒަށް ފާޑުކިޔައި އެ މައްސަލަތަކުގެ ވާހަކައެއް ނުދައްކައެވެ.

ގުޅުންހުރި ލިޔުންތައް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

އޭޕްރިލް 25, 2026
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025

ފަހުގެ ލިޔުންތައް

  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©