• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދީގެން މުއިއްޒުއަށް ހުކުމް ކުރުން އަންނަ މަހު

by މުރާސިލު
އޭޕްރިލް 17, 2023
in ޚަބަރު
0
ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދީގެން މުއިއްޒުއަށް ހުކުމް ކުރުން އަންނަ މަހު

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިންކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުތައް ނިމި، ހުކުމާ ހިސާބަށް ހިނގައްޖެއެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ދޮގުބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރު ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

އޭރު ޕީޖީން ބުނީ މުއިއްޒުގެ މައްޗަށް ދައުވާ އުފުލީ، ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ވަނަ އަހަރު ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީ ކަމަށެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. އެ ބަޔާން އިއްވަމުން ދައުލަތުން މުއިއްޒުގެ މައްޗަށް އެ މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށް ބުނެފައިވީ ނަމަވެސް، ދިފާއުން ވަނީ އެކަމަށް އިންކާރުކޮށް މުއިއްޒުގެ މައްޗަށް އެ މައްސަލަ ސާބިތުވާނެ ވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ބުނެފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމާ ހިސާބައް ގޮސްފައިވާއިރު، މި މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން ބަންދު ދުވަސްތައް އުނިކުރުމަށްފަހު 15 ދުވަސް ތެރޭގައި ތާވަލު ކުރާނެ ކަމަށެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ހަރަދުތައް ހޯދުމަށެވެ.

އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.

ނޫމަޑިއަށް މައްސަލަ ކާމިޔާބުވާ ގޮތަށް މުއިއްޒު ބާޔާން ދިނީ ރިޝްވަތު ނަގައިގެން ކަމަށާއި މި ސަރުކާރުން ބޮޑު ބަދަލެއް ދީ ގެއްލުން ކުރަން ކަމަށް ބައެއް މީޑިއާތަކުގައި މީގެ ކުރިން ރިޕޯޓްކޮށްފައި ވިޔަސް މި ހުރިހާ ތުހުމަތެއް މުއިއްޒު ދޮގުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ޑިސެމްބަރ 6, 2023
ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި

ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި

ޑިސެމްބަރ 6, 2023
މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ

މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ

ޑިސެމްބަރ 6, 2023
ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު

ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު

ޑިސެމްބަރ 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
  • ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި
  • މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ
  • ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު
  • މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©