ދުނިޔޭގެ ގައުމުތަކުގައި އިންޓަނެޓު ޓްރެފިކް އަދި ވެބްސައިޓުތަކަށް ވަންނަ އަދަދުތައް ބަލަހައްޓާ ފަރާތްތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިން އެންމެ ގިނައިން ވަދެފައިވާ 10 ވެބްސައިޓުގެ ތެރޭގައި ބަރަހަނާ މަންޒަރާއި ފޮޓޯތައް ހިމެނޭ މަޝްހޫރު ދެ ވެބްސައިޓު ހިމެނޭކަން ހާމަވެއްޖެއެެވެ.
އެ ފަރާތުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައްދައްކާ ގޮތުން އެންމެ ގިނައިން ދިވެހިރާއްޖޭގައި ވަދެފައިވަނީ ގޫގުލްއަށެެވެ. މިއަހަރު މިހާތަނަށް 18 މިލިއަނަށްވުރެ ގިނަ ފަހަރު ވަނީ ގޫގުލް މައި ވެބްސައިޓު ބޭނުންކޮށްފައެވެ. ލިސްޓުގެ ދެވަނަ ލިބެނީ ޔޫޓިއުބެވެ. މަޝްހޫރު ވީޑިއޯ ޕްލެޓު ފޯމުގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރު ބޭނުންކުރި ވަރަށް ވުރެ މި އަހަރު ޔޫޓިއުބު ބޭނުންކުރި ނިސްބަތް ވަނީ ގާތްގަނޑަކަށް 28% ވެއްޓިފައެވެ. ތިންވަނަ ލިބެނީ ބަރަހަނާ ފިލުމާއި މަންޒަރުތައް ހިމެނޭ މަޝްހޫރު ވެބްސައިޓެކެވެ. މީގެ ިއތުރުން ތިރީގައި މިވަނީ ދިވެހި ރާއްޖޭގައި އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓުތަކާއި ރޭންުކު ތަކެވެ.
1 ގޫގުލް (އެންމެ ގިނަ މީހުން ބޭނުންކުރާ ވެބްސައިޓު)
2 ޔޫޓިއުބް (ދެވަނައަށް އެންމެ ގިނަ ދިވެހިން ބޭނުންކުރާ)
3 ******ބަރަހަނާ މަންޒަރުތައް ދައްކާ ކަމަށް ބުނާ ވެބްސައިޓެއް (3 ވަނައަށް އެންމެ ގިނަ ދިވެހިން ވަދެފައިވާ ވެބްސައިޓު)
4 ފޭސްބުކް (4ަވަނައަށް އެންމެ ގިނަ މީހުން ވަދެފައިވާ ވެބްސައިޓު)
6 *****ބަރަހަނާ މަންޒަރު ހިމެނޭ ކަމަށް ބުނާ ސައިޓެއް (6ވަނަ އެންމެ ގިނަ މީހުން ވަދެފައިވާ ވެބްސައިޓު)
7 އަލީ އެކްސްޕްރެސް (7 ވަނައަށް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވާ)
10 ސަރުކާރުގެ އީގަވަރުމެންޓު (10 ވަނައަށް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވާ)
13 ******އޭޝިޔާ ސަރަހައްދުގެ ހާއްސަ ބަރަހަނާ މަންޒަރު ހުންނަ ކަމަށް ބުނާ ސައިޓެއް (13 ވަނައިގަ)
14 މިހާރު ނޫސް (14 ވަނައިގަ)
16 މޯލްޑިވްސް އިސްލާމިކް ބެންކު (16 ވަނައަށް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވާ)
19 ބެންކު އޮފް މޯލްޑިވްސް (19 ވަނައަށް އެންމެ ގިނަ މީހުން ބޭނުންކޮށްފައިވާ ވެބްސައިޓު)
އިއްޔެއިން ފެށިގެން ރާއްޖޭގައި ބައެއް ބަރަހަނާ މަންޒަރުތަކާިއ ވީޑިއޯތައް ހުންނަ ސައިޓުތަކަށް ނުވަދަވޭހެން ވަނީ ބުލޮކްކޮށްފައެވެ. މި ކަމާ ބެހޭގޮތުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އަދި ސަރުކާރުގެ ރަސްމީބަހެއް އަދި ނުލިބެއެވެ.