މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވަ ފްލެޓާއި ގޯއްޗަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލައިފިއެވެ. މި ގޮތުން މާލެއިން ހިލޭ ދޫކުރާ ބިންތަކަށް އެދި ފޯމުލީ 15164 ފަރާތެކެވެ، ފްލެޓަށް އެދި 20697 މީހުން ކުރިމަތިލިއެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށްވާތީއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މާލެ ސަރަހައްދުން 5000 ގޯތި ދޫކުރާނެ ކަމަށެވެ.
އެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަމިނަކީ 1225 އަކަފޫޓެވެ. އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓު އެޕްލިކޭޝަނެއް ހުށައަޅައިގެން އެކަކަށްވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު ލިބޭނެއެވެ. މިގޮތަށް އެންމެ ބޮޑުކޮށް ލިބޭނީ 4000 އަކަފޫޓެވެ.