• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފްލެޓާއި ގޯތީގެ މައްސަލާގައި މިނިސްޓަރު ކޮމެޓީއަށް ހާޒިރުވާން ބޭނުމެއްނުވި!

by މުރާސިލު
އޯގަސްޓް 14, 2024
in ޚަބަރު
0
އެހެން ގައުމެއްގެ ޕާސްޕޯޓް ބޭނުން ކުރެއްވި މިނިސްޓަރުން އެ ޕާސްޕޯޓު ދޫކޮށްލައްވައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖުލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަޑައިނުގަންނަވައެވެ. މިނިސްޓަރު ވަޑައި ނުގަތުމުން މިއަދު އޮތް ޕެޓިޝަން ކޮމެޓީގެ ބައްދަލުވުންވެސް ވަނީ ކެންސަލުކޮށްލާފައެވެ. މި ކޮމެޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކު ވިދާޅުވީ ގޯއްޗާއި ޕްލެޓުތަކުގެ މައްސަލާގައި މި ފަހުން މިނިސްޓަރު އެއްގޮތަކަށްވެސް މައުލޫމާތު ނުދެއްވާ ކަމަށެވެ. މިއަދުގެ ބައްދަލުވުން ބޭއްވުމުންވެސް ވަކި ސަބަބެއް ބަޔާން ނުކޮށް ގަސްތުގައި ހާޒިރުނުވީ ކަމަަށްވެސް މެމްބަރު ތުހުމަތު ކުރެއްވިއެވެ. މިނިސްޓަރު ހާޒިނުވީ މަޖުލީހުގެ ގަދަރު ކުޑަކޮށްލުމަށް ކަމަވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ކޮމެޓީގެ ބައްދަލުވުމަށް ހާޒިރު މިނިސްޓަރު ހާޒިރުވެ ވަޑައިނުގެން މައްސަލާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ ބޯހިޔާވަހި ކަމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

”އަދި މިކަމަށް އެކަށީގެންވާ މުއްދަތު ވެސް ދެވިގެންދިޔައީ. ސުންގަޑި ސުންމިނިޓަށް ވީމަ ހާޒިރުވެވެން ނެތް ކަމަށް ބުނުން އެއީ ވަރަށް އިހުތިރާމުކުޑަކުރުން ކަމަށް އަޅުގަނޑު ދެކެނީ،“ އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މެންބަރުން އެގޮތަށް ދެކެވަޑައިގަންނަވާކަން ހައުސިން މިނިސްޓްރީއަށް އަންގަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީން އަހަން ބޭނުންވާ ސުވާލުތަކަށް މިނިސްޓްރީން ޖަވާބުދީ، ލިޔުމުން މައާފަށް އެދެން އެންގުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

އެމްޑީޕީގެ މަޖުލިސް މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް ވަނީ މިނިސްޓަރު ވަޑައި ނުގަތުމުން ނުރުހުން ފާޅުކޮށްފައެވެ. ޒިޔާދު ވިދާޅުވީ އަބަދުވެސް އިވެނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޯހިޔާވަހިކަމަށް ވަރަށް އަހަމިއްޔަތުކަން ދެއްވާ ވާހަކަ ކަަމަށާއި ނަމަވެސް މިނިސްޓަރުގެ ފަރާތުން އެކަން ނުފެންނަ ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރުވެސް ދައްކަވަނީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ. ޒިޔާދުގެ ވާހަކަތައް ވަކި ހިސާބަކުން ކޮމެޓީގެ މުގައްރިރު މުހައްމަދު އަލީ ވަނީ ހުއްޓުވާފައެވެ.

ކޮމެޓީގެ ބައްދަލުވުން ނިންމާލީ މާދަމާ ބައްދަލުވުމެއް ބޭއްވުމުގެ ބަދަލުގައި މިނިސްޓަރަށް ރަނގަޅު ވަގުތެއް ހޯދައި، ދެން ބައްދަލުވުމެއް ބޭއްވުމަށެވެ. މި ގޮތަށް ތާއިދު ކުރެއްވީ ނައިބު މުގައްރިރު އަހުމަދު އައިފާނާއި މަޑަވެލި ދާއިރާ މެންބަރު މުހައްމަދު ޝަމީޒްއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©