• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަނަދޫ ނައީމާގެ މަރު: ފުލުހުން ގޭގެއަށް ގޮސް ސާމްޕަލް ނަގަނީ

by މުރާސިލު
އޭޕްރިލް 16, 2023
in ޚަބަރު
0
މަނަދޫ ނައީމާގެ މަރު: ފުލުހުން ގޭގެއަށް ގޮސް ސާމްޕަލް ނަގަނީ

ނ. މަނަދޫން ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގަށް ފުލުހުން އެ ރަށުގެ ގޭގެއަށް ގޮސް ސާމްޕަލް ނަގަން ފަށައިިއެވެ. މި ގޮތުން ނަގާ ސާމްޕަލުގެ ތެރޭގައި ފިންގަރ ޕްރިންޓާއި، ނައީމާއާއި ބެހޭ ގޮތުން އެނގޭ ކަންތައްތަކުގެ ވާހަކަ ބައެއް މީހުންގެ ގޭގެއަށް ގޮސް ސުވާލުކޮށް މައުލޫމާތު ސާފުކުރުންވެސް ހިމެނެއެވެ.

ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.

މި މަރަށް ގިނަ ދުވަސްތަކެއްވީއިރު އަދިވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި، ތުހުމަތު ކުރެވޭ މީހެއްގެ މައުލޫމާތު ވެސް ފުލުހުން ނުދެއެވެ.

މަނަދޫއިން މައުލޫމާތު ދޭ ގޮތުގައި ނައީމާގެ ގެއަށް ގޮސް އުޅޭ މީހުންގެ ފިންގަޕްރިންޓް ފުލުހުން މިހާރު ދަނީ ނަގަމުންނެވެ. އަދި، ރަށުގެ ގޭގެއަށް ގޮސް އެ މަރާ ގުޅޭ މައުލޫމާތު އެނގޭތޯ ފުލުހުން އަންނަނީ ސުވާލު ކުރަމުންނެވެ.

ނައީމާގެ މަރާ ބެހޭ ގޮތުން މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް މީޑިއާކަށް ނުދެއެެވެ. ފުލުހުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ޝައްކު ކުރެވޭ އެއްވެސް މީހަކުވެސް ނެތް ކަމަށާއި އަދި އެފަދަ މީހަކު ހައްޔަރުކޮށްފައިވެސް ނުވާ ކަމަށެވެ. ތަހުގީގު ކުރިއަށްދާތީވެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©