ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައިވާ ބިދޭސީއެއް ފެނިއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު 11:02 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދިި ބިދޭސީއެއްކަމަށް ބެލެވޭ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ދަނޑިކަނޑަށް އެ ރަށް ގޮސް އުޅުނު ބަޔަކަށް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލަ ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.
އެ މީހާގެ ހަސިގަނޑު އޮތީ ކޮން ހާލަތެއްގައިކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.