• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދިއްދޫ ފެނަކައިން 53 މުއައްޒަފުން ކުއްލިއަކަށް ވަކި ކުރުމުން އިޖުތިހާދަށް

by މުރާސިލު
ޖެނުއަރީ 17, 2024
in ޚަބަރު
0
ދިއްދޫ ފެނަކައިން 53 މުއައްޒަފުން ކުއްލިއަކަށް ވަކި ކުރުމުން އިޖުތިހާދަށް

ހއ.ދިއްދޫ ފެނަކައިގަ މަސައްކަތްކުރާ ކޮންޓްރެކްޓު މުއައްޒަފުންގެ ތެރެއިން 53 މުއައްޒަފުން ކުއްލިއަކަށް ވަކި ކުރުމުން އިޖުތިހާދު ކުރަން ފަށައިފިއެވެ.

ދިއްދޫ ފެނަކައިން ވަކި ކުރި މުއައްޒަފުން ބުނާ ގޮތުން އެމީހުންނަށް މީގެ ކުރިން އެއްވެސް އިންޒާރެއް ނުވަތަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އެއްވެސް ލިއުމެއްވެސް ދީފައި ނުވެއެވެ. އެ މުއައްޒަފުންނަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ މިއަދު އޮފީހަށް އައިސް އޮފީހަށް ފިންގަރ ޖަހަން އުޅެއުޅެ ނުޖެހިގެން އިދާރީ މުއައްޒަފަކާއި ސުވާލު ކުރުމުންނެވެ. ބައެއް މުއައްޒަފުން ތުހުމަތުކުރާ ގޮތުގައި އެމީހުން ވަކި ކުރުމުގެ ކަންކަން އައީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށާއި މި ގޮތުން މީގެ ކުރިން އޮފީހަށް އައިސް ހާޟީރީގައި ޖެހެނީ ސޮއިކުރަން ކަމަށެވެ. ނަމަވެސް ޖެނުއަރީ 15 އިން ފެށިގެން ހުރިހާ މުއައްޒަފުން ފިންގަރ ޕްރިންޓު (ހާޟިރީ މެޝނުގައި ފިންގަރ) ޖަހާގޮތް ވަނީ ހަދާފައެވެ. މި ގޮތަށް ހަމަޖެއްސިއިރު މި 53 މުއައްޒަފުންނަށް ވަނީ މި ކަން ނުކުރެވޭ ގޮތް ހަދާފައެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރި ހުރިހާ މުއައްޒަފުންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ.

އިޖުތިހާދު ކުރަމުންދާ އެހެން މުއައްޒަފަކު ބުނީ އުސޫލެއްގެ ގޮތުން ވަޒީފާއިން ވަކި ކުރުމަށް ނޯޓިސްއެއް ނުވަތަ ދުރާލާ އެހެން އެންގުމެއް އަންގަން ޖެހޭނެ ކަމަށާއި އޭރުން އެ ފަރާތްތަކަށް އިތުރު ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރަން އެނގޭނެ ކަމަށެވެ. ހާއްސަކޮށް ސަރުކާރު ބަދަލުވެ، ވެރިކަން ބަދަލުވުމުން ފެނަކައިގެ ސިޔާސަތުތައް ވެސް ބަދަލުވާނެ ކަން ބުނަން ވާނެ ކަމަށާއި، ކޮންޓްރެކްޓު މުއައްޒަފުންނަށް ވާނެ ގޮތް ވެސް އެނގެން ޖެހޭނެ ކަމަށެވެ.

ކޮންޓްރެކްޓު މުއައްޒަފުން ކަމަށް ބުނެ ސަރުކާރުގެ ބައެއް ކުންފުނިތަކުން އާދައިގެ މުއައްޒަފުން ވަކިކޮށް، ސަރުކާރުގެ މަތީ މަގާމުތަކާއި ކުންފުނިތަކުގައި އިތުރު މަގާމުތައް އުފައްދައި ސިޔާސީ ފަރާތްތައް އައްޔަން ކުރަމުންދާތީވެ އާއްމުންގެ ފާޑުކިއުން އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. ސަރުކާރަށް ދެމަސްވީ އިރު މި މުއްދަތުގައި 165 ޑެޕިއުޓީ މިނިސްޓަރުންނާއި، 91 ސްޓޭޓް މިނިސްޓަރުން އަދި 45 މިނިސްޓަރުން (މިނިސްޓަރުންގެ ފެންވަރުގައި އެކި ތަންތަނަށް އައްޔަށްކޮށްފައިވާ ފަރާތްތަކާއި އެކު) ޖުމްލަ 301 އަށްވަނީ އަރާފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކެއް މިނިސްޓްރީ ތަކާއި ކުންފުނިތަކުގައި ހަދައި، އެ ވަޒީފާތަކަށް ވަނީ މީހުން އައްޔަން ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©