ދުނިޔޭގެ ގައުމުތަކާ ރާއްޖެއާ ގުޅުން ބަދަހިވުމުގެ ސަބަބުން ލިބެމުންދާ އެންމެ ބޮޑު ކުރިއެރުމަކީ ދުނިޔޭގެ ގައުމުތަކުން ރާއްޖެއިން އެދޭ ކަންތައްތައް ފަސޭހައިން ވުމެވެ. މިގޮތުން މި ސަރުކާރު ފެށުނު ފަހުން ޔޫރަޕާއި އިނގިރޭސި ވިލާތަށް އެދެމުން ދިޔަ މަހުގެ ޑިއުޓީ މިހާރު ވަނި ކަނޑާލާނެ ކަމުގެ ފެހި ސިގުނަލް ލިބިފައެވެ. މި ކަމުގެ ސަބަބުން ސަރުކާރުންވަނީ މަސް ގަންނަ އަގު މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމާފައެވެ. މި ގޮތުން މިހާރު 17 ރުފިޔާއަށް ގަންނަމުން އަންނަ މަސް ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށް، މިފްކޯގެ ހުރިހާ ތަނަކުން އެ އަގުގައި މާދަމާއިން ފެށިގެން ގަންނަމުންދާނެއެވެ.
މިފްކޯއިން ހާމަކުރާ ގޮތުގައި މަސްވެރިންގެ ޒަމާންވީ ޝަކުވާއަކީ މަހުގެ އަގު ކުޑަވުމެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ އަގު ބޮޑު ނުކުރެވެނީ ރާއްޖެއިން އެންމެ ގިނައިން މަސްބޭރުކުރާ ޔޫރަޕާއި އިނގިރޭސި ވިލާތުން ޑިއުޓީ ނަގަން ފެށުމުންނެވެ. މި ސަރުކާރުގެ ވަރަށް ބުރަ މަސައްކަތުން ޑިއުޓީ ކަނޑާލަން ނިންމާނެ ކަމަށް ބެލެވޭތީ އަގުބޮޑު މިހާރު މަސް ގަނެވޭނެ ކަމަށެވެ.
މިފްކޯއިން މިހާރު ވެސް ދަނީ މަސްވެރިކަމުގައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކޮށް މަސް ގަންނަ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މަހުގެ އަގު ބޮޑު ކުރުމަށް ސަރުކާރުން ނިންމިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަށް ހުށަހެޅި މެނިފެސްޓޯގައި އެމްޑީޕީން ވަނީ މަސްވެރިކަމަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ބުނެފަ އެވެ.
ޑިއުޓީ ކަނޑާލާނެ ކަމުގެ ސިގްނަލެއް ލިބުމަކީ މަހުގެ އަގު ބޮޑުކޮށް ގަންނާންވީ ކަމެއްނޫން. ޑިއުޓީއަށް ގޮތެއްހަދައިދޭނެ ދުވަހެއްވެސް އަދިއެއް ޔަގީނެއްނުވޭ. މީ ވެސް ވޯޓަށް ޖަހާ ޗައްކަރެއް.. ރައްޔިތުންގެ ފައިސާ މިހެން ތަޅާލާ މައްސަލައަކީ ފަހުން ބަލަން ޖެހޭނެ މައްސަލައެއް.