މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެލަވް ޝިޔާމާއި ޒާރާގެ ކައިވެރި ރޫޅިއްޖެއެވެ.
ބ.ކަމަދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން ކުއްލި މަގުބޫލު ކަމެއް ލިބުނު ޒާރާއި އާއި ޝިޔާމުގެ ކައިވެނިވެސް ކުރެވުނީ ކުއްލިއަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު އިންތިޒާމު ތަކެއްގެ ތެރެއިންނެވެ. އެ ކައިވެންޏަކީ މި ފަހުން ބޭއްވުނު އެންމެ ބޮޑު އެންމެ ކުލަގަދަ އެއް ކައިވެންޏެވެ. ޝިޔާމުގެ އަމިއްލަ ރިސޯޓެއް ކަމަށްވާ އޮޅުވެލީގައި ބޭއްވި ވަލީމާއާއި އަދި ކައިވެނީގެ ބޮޑު ހަފްލާއަށް މަޝްހޫރު ފަރާތްތަކާއި ސިޔާސީ ވެރިންވެސް ބައިވެރިވިއެވެ. މީގެ އިތުރުން ޒާރާގެ އުފަން ރަށުގައިވެސް ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވައި، ރަށުން ފުރައިގެން އައީ ޝިޔާމާއި ޒާރާ އަތު ގުޅުވާލައިގެންނެވެ.
ރައްޔިތުންގެ މަޖުލީހުގެ މެމްބަރެއްގެ އިތުރުން ސިޔާސީ ޕާޓީއެއް ކަމަށްވާ އެމްޑީއޭގެ ލީޑަރު ސަން ސިޔާމުގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި އެ ޕާޓީގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ ’އޮނަރަބަލް ޝިޔާމާއި ޒާރާ މެޑަމް ގެ ކައިވެންޏަކީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކުރެވިގެން ދިޔަ ކައިވެންޏެކެވެ. ހަމަ އެހެންމެ އޮނަރަބަލް ޝިޔާމާއި ޒާރާ މެޑަމް ގެ ކައިވެނި ރޫޅާލާފައިވަނީވެސް އެކަކު އަނެކަކުގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުމަށް ފަހު ސުލްހަވެރިމާހައުލެއްގަައެވެ‘ މެމްބަރު އައްބާސް ސޯސަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖު ނިންމާލަމުން ވިދާޅުވީ ’ކައިވެނިކުރާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކުގައި ނޫޅެވުމަކީ މައްސަލައެއް ނޫން ކަމަށެވެ“.
ގިނަ އަންހެން ކުދިންގެ ހުވަފެނީ ކައިވެނީގެ ގޮތުގައި މިސާލު ޖެހުނު ސަން ޝިޔާމާއި ޒާރާގެ ކައިވެނި ރޫޅުނު އަސްލު ސަބަބު ނޭންގުނަސް، އެ ދުވަސްވަރު ޝިޔާމުގެ ދީލަތި އެހީތެރިކަން ކަމަދޫގެ ރައްޔިތުންނަށް އައީ ލިބެމުންނެވެ. މީގެ އިތުރުން ޒާރާވެސް އާއްމުކޮށް ފެންނަމުން ދިޔައީ ރާއްޖޭއާއި ރާއްޖެއިން ބޭރުގެ އަގުބޮޑެތި ތަންތަނުގައި ވަގުތު ހޭދަކުރާ މަންޒަރެވެ.
ނެށުމާއި ލަވަކިއުމަށް ކުޅަދާނަ ޒާރާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ދިއުމަށް ފަހު އެ ދާއިރާއިން އަލުން ފެންނާނެތޯ މިއީ މިހާރު ބައެއް އާއްމުން ކުރަމުންދާ ސުވާލެކެވެ.




