ގުރައިދޫ ދާއިރާގެ މަޖްލިސް ބައި އިލެކްޝަން ގައި އެ ދާއިރާއަށް އެމްޑީޕީން ވާދަކުރި އިބްރާހިމް ޝާޒް ހޮވިއްޖެއެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޝާޒު އުޅެނީ ވާދަވެރި ޕީޕީއެމް ކެންޑިޓޭޑް އަދި ކުރިން ހުންނެވި މެމްބަރު އިބްރާިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އަށް ވުރެ ކުޑަ ތަންކޮޅެއް ކުރީގައެވެ. މީގެ އިތުރުން އެމްއެންޕީން ވާދަކުރި ކެންޑިޑޭޓް އަލީ އާރިފަށް ލިބިފައިވަނީ ވޯޓުގެ %5 ވުރެވެސް ދަށް އަދަދެކެވެ.
މިހާރު ގުނާ ނިމިފައިވާ ފޮށިތަކުގެ ނަތީޖާ ތަކަށް ބަލައި އެމްޑީޕީން ދަނީ ޝާަޒަށް މަރުހަބާކިޔައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކޮށް މި އަހަރުގެ ރިޔާސީ އިންތިހާބާއި މި ކާމިޔާބީ އަޅާ ކިޔަމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 3423 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.