• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދައުލަތް ހިއްސާވާ ކުންފުނިތައް ހިންގުމުގައި ދައުލަތުން ހަރަދެއްކުރަން ނުޖެހޭ ސިޔާސަތުތަކެއް ކަނޑައަޅައިފި

by މުރާސިލު
ޖެނުއަރީ 15, 2024
in ޚަބަރު
0
މީޑިއާ ވިލެޖެއް ހެދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމައިފި

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ފައިދާގައި ހިނގާ، އަދި ހިންގުމުގައި ދައުލަތުން ޚަރަދެއްކުރަން ނުޖެހޭ ތަންތަނަށް ބަދަލުކުރުމަށް ތަންފީޒުކުރާނެ ސިޔާސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ސިޔާސަތުތައް ކަނޑައެޅުއްވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި، ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ވަކިވަކި ކުންފުނިތަކަށް ޚާއްޞަ ކީ ޕަރފޯމަންސް އިންޑިކޭޓަރސް (ކޭ.ޕީ.އައި.) ކަނޑައެޅުން ހިމެނެއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖުލީހުން ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ކުރިޔަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒުކުރަން ފެށުމާއި، މީގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތައް ހަރުދަނާކުރުމަށް އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ ހަމައަށް ފުރުޞަތުދީ އެމުއްދަތުގެ ތެރޭގައިވެސް ނަތީޖާ ނުނެރެވޭނަމަ އެފަދަ ކުންފުނިތައް އަލުން އެކުލަވައިލުން، އެއްކޮށްލުން ނުވަތަ އުވާލުމުގެ މަސައްކަތް ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނިކަމަށްވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ އިތުރުން، އައު ކުންފުންޏެއް އުފެއްދުމަށްވެސް އިއްޔެގެ ވަޒީރުންގެ މަޖުލީހުގައި ނިންމެވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©