• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ގައުމިއްޔަތު މިނިސްޓްރީގެ ’ބުލީކުރާ‘ އެސްޖީގެ މައްޗަށް އިތުރު ވެރިއެއް އައްޔަން ކޮށްފި

by މުރާސިލް ޓީމް
އޮކްޓޯބަރ 14, 2024
in ޚަބަރު
0
ގައުމިއްޔަތު މިނިސްޓްރީގެ އިސްވެރިން މުއައްޒަފުންނަށް ބުލީކޮށް ފުރައްސާރަކުރާ މައްސަލައެއް ބަލަނީ

ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ގެ މައްޗަށް އިތުރުވެރިއެއް އައްޔަން ކޮށްފިއެވެ.

ގައުމިއްޔަތު މިނިސްޓްރީ ވަގުތީ ގޮތުން ޕާމަނަންޓު ސެކެޓްރީގެ މަގާމު ފުރުއްވަމުންދާ އާތިކާގެ މައްޗަށް ދާއިމީ ޕާމަނަންޓު ސެކެޓްރީ ކަމުގެ މަގާމަށް ހަމަޖެއްސެވީ މުހައްމަދު ޔާނިއު ހާޝިމްއެވެ. ޔާނިއު ވަނީ މީގެ ކުރިން ހައުސިން މިނިސްޓްރީ އާއި އިސްލާމިކް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާފައެވެ.

ގައުމިއްޔަތު މިނިސްޓްރީގެ ގިނަ އަދަދެއްގެ މުއައްޒަފުން ވަނީ އާތިކާއާއި އެ މިނިސްޓްރީގެ އިސްވެރިންގެ މައްސަލަ ސިވިލްސަވިސް ކޮމިޝަނަށް ހުށައަޅާފައެވެ. އެ މިނިސްޓްރީގެ އިސްވެރިން މުއައްޒަފުންނަށް ހަނގާކޮށް، އެކި ކަހަލަ މަލާމާތާއި ފުރައްސާރަ ކުރުމާއި އަދި ވަޒީފާއާއި ގުޅުން ނެތް މަސައްކަތްތައް ކުރުވާ މައްސަލަ ސީއެސްސީ އަށް ހުށައެޅުމުން އެ ކޮމިޝަނުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ، މި މައްސަލަ ސިވިލް ސަވިސް ކޮމިޝަނުން އަޅާނުލުމުން މުއައްޒަފުންވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެންނަވައި، ރައީސްއާއި ބައްދަލު ކުރުމަށް އެޕޮއިންޓުމަންޓަަކަށް އެދިފައެވެ.

ގައުމިއްޔަތު މިނިސްޓްރީގެ މުއައްޒަފުން ބުނެފައިވަނީ އެމީހުންގެ ޝަކުވާ ސިވިލް ސަވިސް ކޮމިޝަނަށް ހުށައެޅުމުން ކުރިއަށްވުރެ ބޮޑަށް ޖެއްސުން ކުރުންތައް ގިނަވެ، އެމީހުންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިއަކު ވަނީ މުއައްޒަފުންނަށް ބުލީކޮށް، މަލާމާތުގެ ޅެމެއްވެސް ސޯސަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ މިނިސްޓްރީގެ މުއައްޒަފުން ތުހުމަތު ކުރަނީ މިނިސްޓަރު އާދަމް ނަސީރުވެސް އާތިކާއާއި އަދި އެހެން އިސްވެރިން ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މި ގޮތުން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސެއްގައިވެސް މިނިސްޓަރު އާދަމް ނަސީރުވަނީ އިތުރުފުޅު ހައްދަވައި، އެމަނިކުފާނަށް އެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެ ދުވަހުގެ މީޑިއާ ބްރީފިންގައިވެސް މިނިސްޓަރު ވަނީ އާތިކާ ވަރަށް ބޮޑަށް ދިފާއުކޮަށް ވާހަކަ ދައްކާފައެވެ.

ގައުމިއްޔަތު މިނިސްޓްރީގެ މުއައްޒަފަކު މުރާސިލަށް މައުލޫމާތު ދެމުން ބުނީ އެ މިނިސްޓްރީގެ އިސްވެރިންނާއި ހާއްސަކޮށް އާތިކާ އަންނަނީ މިހާރުވެސް މުއައްޒަފުންނާ ޖަދަލުކޮށް، މި ސަރުކާރުގައި އެމީހުންނާ ’ނުކުޅެވޭނެ‘ ކަމަށް ބުނެ އިންޒާރު ދެމުންނެވެ. ގައުމިއްޔަތު މިނިސްޓްރީގެ މިނިސްޓަރު އާދަމް ނަސީރަކީ ރައީސް ޑރ.މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެެވެ. މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ޑރ.މުއިއްޒު ހުންނެވިއިރު އާދަމް ނަސީރަކީ އެ ކައުންސިލުގެ ހާއްސަ ކޮންސަލްޓެންޓެކެވެ. އެ ދުވަސްވަރު އާދަމް ނަސީރުގެ މުސާރައާއި އިނާޔަތްތައް ބޮޑުވެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އަލުން މިނިސްޓްރީއެއް ހައްދަވައި އެ މާގަމަށް ހަމަޖެއްސެވީ އާދަމް ނަސީރެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©