• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ސަރުކާރުގެ ނުފޫޒުން ގުޅިފަޅު ހިއްކުން ހުއްޓުވާލި ކަމުގެ ތުހުމަތު

by އަބްދުﷲ ސަފީގު އަލީ
ފެބްރުއަރީ 14, 2024
in ޚަބަރު
0
ސަރުކާރުގެ ނުފޫޒުން ގުޅިފަޅު ހިއްކުން ހުއްޓުވާލި ކަމުގެ ތުހުމަތު

ގުޅިފަޅު ތަރައްގީ ކުރަން ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް، މަތިން ފެންނަ ގޮތް. ފޮޓޯ: އެޗްޑީސީ

ގުޅިފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ކަމަށްބުނެ، ގުޅިފަޅު ތަރައްގީ ކުރުން ހުއްޓުވާލައިގެން އުޅެނީ ސަރުކާރުގެ ނުފޫޒުން ކަމަށް ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ތުހުމަތު ކުރައްވައިފިއެވެ. ސޯސަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ގުޅިފަޅު ޕްރޮޖެކްޓު ހުއްޓުވާލުމުން ގެއްލުންވަމުންދާނީ ދިވެހިންނަށް ކަމަށާއި މިގޮތުން ހަމައެކަނި ފަޅު ހިއްކާ ކުުންފުންޏަށް ބަދަލެއްގެ ގޮތުގައި ދުވާލަކު 3 ލައްކަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. މިއީ ޓެކްސް ޕޭޔަރުންގެ ފައިސާ ކަމަށާއި ސަރުކާރުގެ ނާގާބިލުކަމުން ލިބޭ ގެއްލުން ކަމަށް އަކުރަމު ސިފަ ކުރެއްވިއެވެ. އަކުރަމަކީ ގުޅިފަޅާއި ހުޅުމާލެ 3 އަދި ގިރާވަރު ފަޅުން ގޯތި ދިނުމުގައި ކުރީ ސަރުކާރުން އެންމެ އިސްކޮށް އުޅުއްވި ފަރާތެވެ.

އަކުރަމުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކުންނާއި އަދި ބައެއް އާއްމުންވެސް ތުހުމަތު ކުރަނީ ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒުން ގުޅިފަޅު ތަރައްގީ ކުރުން ހުއްޓުވާލީ ކަމަށެވެ. މި ގޮތުން މީގެ ކުރިންވެސް ރައީސް ޑރ.މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ގުޅިފަޅު ޕްރޮޖެކުޓު ވަނީ ހުއްޓުވާފައެވެ. އެ ފަހަރު ގުޅީފަޅުން ފުލެޓު ލިބުނު ފަރާތްތަކުން ފުލެޓު ލިޔުންތައްވެސް ބާތިލުކޮށް ގުޅިފަޅު ތަރައްގީ ކުރުން އޭރުގެ ސަރުކާރުގެ ސިޔާސަތު ތެރޭގައި ހިމެނޭ ކަމެއްނޫން ކަމަށްވަނީ އިއުލާންކޮށްފައެވެ. ގުޅިފަޅުން ފުލެޓު ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ވަނީ ހުޅުމާލެއިން ފުލެޓު ހަމަޖައްސައިދީފައެވެ. މީގެ އިތުރުން ގުޅީފަޅުގައި މައި ބަނދަރު ހެދުންވެސް މި ސަރުކާރުން ދެކޮޅެވެ. ރައީސް ނަޝީދުގެ ވެރިކަމުން ފެށިގެން އެމްޑީޕީ ނިސްބަތްވާ ވެރިކަންތަކުގައި ރާއްޖޭގެ މައި ބަނދަރު (އެމްޕީއެލް ސަރަހައްދު) އެކީގައި ބަދަލު ކުރަން ނިންމާފައިވަނީ ގުޅިފަޅަށެވެ. ނަމަވެސް މި ސަރުކާރުން ބުނެފައިވަނީ ގުޅީފަޅުގެ ބަދަލުގައި ޕޯޓު ހަދާނީ ތިލަފުށީގައި ކަމަށެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުން ޝަކުވާ ކުރަނީ ދާދި އިހަކަށް ދުވަހު އީއައިއޭވެސް ނުހަދާ ކުއްލިއަކަށް ފެށި ރަސްމާލެ ހިއްކުން ނުހުއްޓުވައި ގުޅީފަޅު ހިއްކުން ހުއްޓުވީ މައްސަލައެވެ. ރަސްމާލެ ސަރަހައްދާއި ފަޅުގައިވެސް ރިސޯޓުތަކާއި ޑައިވިން ޕޮއިންޓުތައް ހުރިއިރު ގުޅީފަޅުގައި އެއްވެސް ރިސޯޓެއްނެތް އަދި ކުރިންވެސް އެއްބައި ހިއްކާފައިވާ ތަނަކަށް ކުއްލިއަކަށް ކޯޓު އަމުރެއް ނެރެ ހުއްޓުވާލީ ސިޔާސީ ސަބަބެއް އޮވެގެން ކަމަށް ކުރެވޭ ތުހުމަތު ޔަގީން ކުރެވޭ ކަމަށް އެފަރާތްތަކުން ދެކެއެވެ.

ގުޅިފަޅު ޕްރޮޖެކުޓު ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ހުމެއިދާ އަބްދުލް ގަފޫރަކީ މިސަރުކާރު ހިންގާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ސިޔާސީ އިސް އެކްޓިވިސްޓެކެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©