• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އަންނަ އަހަރަށް 41 ބިލިއަން ރުފިޔާގެ ބަޖެޓެއް!

by މުރާސިލް ޓީމް
އޮކްޓޯބަރ 13, 2022
in ޚަބަރު
0
އަންނަ އަހަރަށް 41 ބިލިއަން ރުފިޔާގެ ބަޖެޓެއް!

ފިނޭންސް މިނިސްޓަރ އަމީރު މިއަދުގެ ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގަ: ފޮޓޯ؛ މިނިސްޓްރީ އޮފް ފިނޭންނސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި 41 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ އަންނަ އަހަރު 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެ ކަމަށް މި ވަގުތު ފިސްކަލް ސްޓްރެޓަޖީތައް ހުރިގޮތުން ލަފާކުރެވޭ ކަމަށެވެ. އަދި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ ފިސްކަލް ސްޓްރެޓަޖީއާ އެއްގޮތަށް ބަޖެޓް ހުށަހެޅުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓަކަށް. ދެން ޕޮލިސީ ލެވަލްގެ ޑިސްކަޝަންސްތަކާ އެކީގައި އެ އަށް ވުރެ ކުޑަވުމަކީ ނުވަތަ އެއަށް ވުރެ މަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް،“ އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާ ކަމަށާއި އަދި މިއަހަރު ނިމުމުގެ ކުރިން އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ލަފާކުރި ވަރަށް ވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި އެކަމަކު މަސައްކަތް ކުރަން ޖެހިފައި އޮތީ ބަދަލުވަމުންދާ ހާލަތެއްގައި ކަމަށެވެ. އަދި ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު ވެސް ކޮވިޑް-19 ގެ ހާލަތު ކުރިއާ އެއްވަރަކަށް ކަމަށާއި މި އަހަރަށް ލަފާކުރާ 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ އަމީން ވަނީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭގޮތުންވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. މފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިްޓް ރޭޓިން އެއް ހަމައެއްގައި ދަމަހައްޓައިފައި ކަމަށެވެ.

”ދުނިޔޭގެ ވެސް ގައުމުތަކުގައި އިގްތިސާދީ އައުޓްލުކް ނެގެޓިވް. އެހެންވީމަ ރާއްޖޭގެ ވެސް އައުޓްލުކް މީންދީ ނެގެޓިވް ގައި. އެކަމުވެސް ރޭޓިން އިނީ އެއްހަމައެއްގައި ހިފަހައްޓައިފަ،“ އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ ނެގެޓިވްއަށް ބަދަލުކުރުމުގެ ކުރިން ރާއްޖޭގެ ރޭޓިން ހުރި ސީސީސީގައެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ބީ ނެގެޓިވްއަށް މަތިކުރީ އެ އިދާރާއިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮންނާނެ ގޮތް ލަފާކުރި ވަރަށްވުރެ އިތުރަށް އިގްތިސާދު ރަނގަޅުވެފައިވާތީކަމަށް ފިޗުން ބުނެފައިފައިވެއެވެ.

އެގޮތުން ކޮވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަޅުޖެހިފައި އޮތުމަށްފަހު ލަފާކުރި މިންވަރަށްވުރެ އަވަސް މިނެއްގައި ކުރިއަރައިގެން އައިސްފައިވާ ކަމަށް ފިޗުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ދައުލަތުގެ ދަރަނީގެ ހާލަތު އޮންނާނެ ގޮތަކާމެދު ފިޗުން އޭރު ވަނީ ސުވާލު އުފައްދައިފައެވެ.

މިއަހަރު ފިޗުން ރާއްޖޭގެ ރޭޓިން އެއް ހަމައެއްގައި ހިފައްޓައިފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސާދުގެ އައުޓްކަމް ދަނީ ނެގެޓިވް ވަމުންނެވެ.

ފިޗް ރޭޓިންސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ.

ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރެވޭ އިންޑިކޭޓާއެކެވެ.

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިން އެއް މުހިންމު ވަނީ މި ސަބަބާހުރެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©