ބަނގުރާ ކެއްކުމުގެ މައްސަލާގައި ބިދޭސީ އަކު ހައްޔަރުކޮށްފިއެވެ. މިއަދު ހެނދުނު މާލޭ ގެއަކުން ދުން އަރާތީ ޕޮލިހާއި އެމްއެންޑީއެފުން ގޮސް ބެލިއިރު އެ ވަގުތުވެސް ދަނީ އެގޭގައި ބަނގުރާ ކައްކަމުންނެވެ. ހެންވޭރު ރޯޝަނީ މަގުގައި ހުރި އެގޭގައި އެވަގުތު ހަރާކާތްތެރިވަމުން ދިޔައީ ކިތައް މީހުން ކަމެއް އަދި އަތުލައި ގަނެވުނު ތަކެތީގެ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ހަމައެކަނި ހާމަކޮށްފައިވަނީ ބިދޭސީ ފިރިހެނަކު އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމާއި ތަހުގީގު ކުރިއަށްދާ ކަމެވެ. މީގެ ކުރިންވެސް މާލޭގައި ބަނގުރާ ކެއްކުމާއި ގުދަންކޮށް ވިއްކުމުގެ މައްސަލާގައި ބިދޭސީންނާއި ދިވެހިން ހައްޔަރުކޮށްފައިވެއެވެ.