• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދިގުރަށަށް އުދައަރާ ވަރަށް ބޮޑެތި ގެއްލުންތަކެއް

by އަބްދުﷲ ސަފީގު އަލީ
އޮކްޓޯބަރ 13, 2022
in ޚަބަރު
0
ދިގުރަށަށް އުދައަރާ ވަރަށް ބޮޑެތި ގެއްލުންތަކެއް

އދ. ދިގުރަށަށް ވަރަށް ބޮޑަށް އުދައަރައި ސުނާމީގައި ނުލިބޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދިގުރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް އަބްދުލްރަހީމް ’މުރާސިލަށް‘ ވިދާޅުވީ ރޭ އުދަ އަރަން ފެށީ ދަންވަރު 1:15 ހާއިރު ކަމަށެވެ. އޭރުން ފެށިގެން ފަތިހު 4:00 ޖަހަންދެން އުދަ އަރާފައިވާ ކަމަށާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

”ރޭ އެޅީ ރާޅަކީ އާދަޔާ ހިލާފު ރާޅެއް. މިހާތަނަށް މި ރަށަށްވެސް އަރާފަ ނުވާ ވަރުގެ ރާޅެއް. 2004ގެ ސުނާމީގަ ވެސް މި ރަށަކަށް މިހާވަރު ނުވޭ. އޭގެ ކުރިން ރާއްޖެއަށް ބޮޑު ރާޅު އެރިއިރުވެސް މިވަރަށް ރާޅެއް ނާރާ،“ އިބްރާހިމް ވިދާޅުވި އެވެ.

”ބޭރު ހިލަ ތޮށި މަތިން އަޅުގަނޑުމެންނަށް ރޭގައި ރާޅު ބިންދާލިތަން ފެނުނު. އެހެންވީމަ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ހުންނާނެކަމަށް ލަފާކުރެވޭ ރާޅުތަކުގައި. މި ރަށު މީހުން ހީކުރީ ރޭ އެއީ ސުނާމީ އަރަނީ ކަމަށް،“

އިބްރާހިމް ވިދާޅުވީ ރޭ އެޅި ރާޅުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ގެ ތަކަށް ފެން ވަނުމާއި އޮޑިދޯނިފަހަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

A.Dh. Dhigurashah dhanvaruge vaguthugai varah bodah udha arai odidhoani faharasha gethakah bodethi gellun thakeh vanee libifa (13/10/2022).Secretariat of the Dhigurah Council,@EPAMaldives @presidencymv @MoNPImv @anuahsa @ibusolih @MohamedNasheed @faya_i @rugiyyamohamed pic.twitter.com/lfnnFWQNi3

— Ibrahim Abdul Raheem(Ibo0) (@Ibrahimar1991) October 13, 2022

”ރާޅު އަރައިގެން ގޭގެއަށް ފެންގަނޑު ވަނުމުގެ ސަބަބުން ބައެއް ގޭގެ ވަނީ ރޭ ދަންވަރު ހުސް ކޮށްފައި. ބަނދަރުގައި އަޅާފަ ހުރި އޮޑި ދޯނިފަހަރުގެ ވާ ކަނޑައިގެންގޮސް ތަންތަނުގައި ޖެހުމުގެ ސަބަބުން ދޯނިތަކާއި ލޯންޗުތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. ދޯނި ފަހަރުގައި ހުރި މަސް ފޮށިތަކާއި އެއްޗެހިވެސް ބެހިގެން ގޮސްފައިވަނީ“ އިބްރާހިމް ވިދާޅުވި އެވެ.

މަންޒަރު ދުށް އެ ރަށުގެ ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި މީގެ ކުރިން އެހެން ރަށްރަށަށް އުދަ އަރާ ދުވަސް ވަރުވެސް ދިގުރަށަށް އެވަރުގެ އުދައެއް ރާޅެއް ނާރައެވެ. މި ދުވަސް ވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތި ދިގުރަށުގައިވެސް ބައެއް ގޭގޭގައި ވަނީ ފެން ނުވަންނާނެ ގޮތްތަށް ހަމަޖައްސާފައެވެ. ނަމަވެސް މި ވަރުގެ ރާޅެއް އަރާފާނެ ކަމަކަށް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ކިހިނެތް އައި އާދަޔާ ހިލާފު ރާޅެއް ކަމެއް މޫސުމާ ބެހޭ އިދާރާއިންނާއި އަދި ދިގުރަށު ކައުންސިލުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ދިގުރަށުގައި އޮންނަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ހަދާފައިވާ (ބޭރު ތޮއްޓާއި އެކީ) ކުޑަ ބަނދަރެކެވެ. މި ރަށަކީ ގިނަ އަދަދެއްގެ ގެސްޓުހައުސް ހިންގާ ރަށަކަށްވެފައި ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ ރަށަކަށް ވުމުން ބަނދަރުގައި އަބަދުވެސް ގިނަ އަދަދެއްގެ ދޯންޏާއި ސްޕީޑް ބޯޓުތައް އަޅާފައި ހުރެއެވެ. ރޭގެ ހާދިސާގައި ބަނދަރުގަ ހުރި އުޅަނދުތަކަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ދިގުރަށު ކައުންސިލުން ހާމަކުރާ ގޮތުގައި ރޭގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނަސް ބައެއް ގޭގެއަށް ލޮނުވަދުމުގެ ސަބަބުން އެ ގޭ ތަކުގެ މީހުން ވަނީ އެހެން ގޭގެއަށް ބަދަލުކޮށްފައެވެ. އެ ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިހާރުވެސް ބޯކޮށް ވާރޭ ވެހެމުންދާތީ އެ މަސައްކަތަށް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ކައުންސިލުގެ އޮފިޝަކު ވިދާޅުވިއެވެ. މި ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިންވަނީ ކުރިއަށް ދުވަސްތަކުގަވެސް ކަނޑު ގަދަވެ އުދަ އަރާނެ ކަމުގެ އިންޒާރު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©