• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

’ހަށި ވިއްކާ‘ މީހުން ފޭރުނީ ’ހަށި ގަންނަން‘ ދިޔަ މީހުންގެ އަތުން

by އަބްދުﷲ ސަފީގު އަލީ
ޖޫން 13, 2024
in ޚަބަރު
0
ހިޔާ ފްލެޓުތަކެއް އެއްކޮލައިގެން ޖުރިމަނާ ކުރީ ހިޔާ ޔޫނިއަންގެ ވެރިއެއް!

ހިޔާ ފްލެޓުގެ އެޕާޓުމަންޓަކަށް ގެންގޮސްގެން މީހުންނަށް ބިރުދައްކައި، ފޭރުމުގެ މައްސަލައިގެ ތަފްސީލު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިޔާ ފްލެޓު ’އެޗް5’ގެ 318 ނަންބަރު އެޕާޓްމަންޓަށް މީހުން ގެންގޮސް ފޭރުނު މައްސަލައާ ގުޅޭ ގިނަ މައުލޫމާތުތަކެއް މީޑިއާއާއި ހިއްސާކޮށްފައެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ، އެ އެޕާޓްމަންޓަށް އޮޅުވާލައިގެން މީހުން ގެންގޮސް ބިރުދައްކައި ޖިސްމާނީ އަނިޔާކޮށް އެ މީހުން ގަދަކަމުން ބަރަހަނާކުރުމަށް ފަހު ބްލެކްމެއިލްކޮށްގެން އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލްފޯން ފަދަ ތަކެތި އަތުލާފައިވާ ކަމަށެވެ. މި އަމަލު ހިންގާފައިވަނީ ހިޔާ ފްލެޓުގެ އެޗް5 – 318 ނަމްބަރު ފުލެޓުގައެެވެ. މި ފްލެޓުގައި މި އަމަލު ހިންގުމުގައި ހަރަކާތްތެރި ވެފައިވާ 7 މީހުންނަކީ:

މ. ގޯންބިލިގަސްދޮށުގެ، އައިމިނަތު ހުމައިނާ ޒަކަރިއްޔާ، 24އ

މ.ގޯންބިލި ގަސްދޮށު، ގެ އާޔަތު އައްބާސް، 30އ

ގއ. ދާންދޫ، ޕެލަސް ހައުސް، މުހައްމަދު އާދަމް، 43އ

ގ. ހަނދުމާގެއާގެ، ސަމާހް އަލީ، 31އ

ދ. ކުޑަހުވަދޫ، ސަންފްލާވާ، މުޙައްމަދު މުނީރު، 35އ

ނ. ވެލިދޫ، ހިފާޒް، އަހުމަދު މާދިހް،33އ

މ.ސީނަރީވިއު، އަހުމަދު މަދީހް، 34އ

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މައްސައިގެ ތަހުގީގުގެ ތެރެއިން ބަލަމުންދާ ފަސް މައްސަލައިގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވަނީ މި މައްސަލާގައި ހިމެނޭ ދެ އަންހެނުން ކަމަށްވާ އައިމިނަތު ހުމައިނާ ޒަކަރިއްޔާއާއި އާޔަތު އައްބާސްއެވެ.

މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތަފާތު ކުށުގެ ރިކޯޑް އޮތް މީހުނެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރަޖުނީ ވިދާޅުވީ، އެ އެޕާޓްމަންޓަށް މީހުން ގެންގޮސްފައިވަނީ އެ ތަނުގެ ތެރޭގައި ފައިސާއަށް ހަށިވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ކަމަށެވެ. އެގޮތުން، ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އަންހެނުންގެ ނަމުގައި އައިޑީތައް ހަދައިގެން ފިރިހެނުންނާ ގުޅުން އުފެއްދުމަށް ފަހު ހަށިވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން އެ އެޕާޓްމަންޓަށް މީހުން ގެންދިޔައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އަންހެނުން ހިޔާ ސަރަހައްދުން އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ހަށިވިއްކާ ކަމަށް ބުނެ އެ އެޕާޓްމަންޓަށް މީހުން ގެންގޮސް ބަރަހަނާކޮށް ފައިސާ ފޭރިފައިވާ ކަމަށް ވެސް ރަޖުނީ ވިދާޅުވިއެވެ.

އެ އެޕާޓްމަންޓް ތެރޭގައި ހަށިވިއްކުމާއި، މީހުން އޮޅުވާލައިގެން ގެންގޮސް ބަރަހަނާކޮށް މީހުންގެ ބަރަހަނާ ވީޑިއޯނަގައި ބްލެކްމެއިލްކޮށް ފައިސާ ހޯދުމާއި އެ ތަނުގެ ތެރޭގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ގާނޫނާ ހިލާފު އެތައް އަމަލެއްވެސް މި އެޕާޓްމަންޓު ތެރޭގައި ވަނީ ހިންގާފައެވެ. މި އެޕާޓްމަންޓަކީ ތަފާތު ކުށްތައްކުރާ ތަނަކަށްވާތީ އެޗްޑީސީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ގުރޫޕަށް މި އަމަލު ހިންގުމަށް މަގުފަހިވީ އެތަނަށް ދިޔަ މީހުން ރިޕޯޓު ނުކުރުމުންނެވެ. ފުލުހުންވެސް ފާހަގަކުރި ގޮތުގައި މިގޮތަށް އެޕާޓްމަންޓަށްދިޔަ އެތައް ބަޔަކު އެކަމުގެ ޝިކާރައަކަށްވެފައިވަނީ އެ މީހުންނަކީ ގާނޫނާ ހިލާފު ކުށެއް ކުރުމަށް އެ ތަނަށް ދިޔަ ބަޔަކަށްވާތީއާއި ބަރަހަނާ ވީޑިއޯ ލީކްކޮށްލަފާނެކަމުގެ ބިރުއޮތުމުން ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. އަދި، މި ކަމުގައި އަނިޔާ ލިބުނު މީހުންކަން ހިނގިގޮތާ ހިލާފަށް ސޯޝަލް މީޑިއާގައާއި ފުލުހުންގެ ތަހުގީގުގައި ވެސް ވާހަކަދައްކާފައިވާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

”ރިޕޯޓްކުރި ފަރާތްތަކުން އެޕާޓްމަންޓަށް ދިޔައީ އަމިއްލައަށް ނޫން ކަމަށާއި އެ މީހުން އެޕާޓްމަންޓަށް ބިރުދައްކައިގެންނާއި ގަދަކަމުން ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވޭ. ނަމަވެސް، ސީސީޓީވީ ފްޓޭޖްތައް ބެލިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެ މީހުން އެ އެޕާޓްމަންޓަށް ގޮސްފައިވަނީ އެ މީހުންގެ އަމިއްލަ އިހުތިޔާރުގައިކަން. އަދި، އަޅުގަނޑުމެން ތަހުގީގަށް އެކަން އެނގޭ ހިސާބުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފައިވާކަން ފާހަގަކޮށްލަން،“ ރަޖުނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުން ތިބު މާއެކު އެ މީހުން ހޯދައި ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި އެކަމު ކަމަށްވާ ހުމައިނާއަކީ މާބަނޑު އަންހެނަކަށްވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ވަނީ ދޫކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

އޮކްޓޯބަރ 13, 2026
ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި

އޮކްޓޯބަރ 5, 2026
އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ

ޖޫން 12, 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026

ފަހުގެ ލިޔުންތައް

  • 800 ފުޅި ބަނގުރަލާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް
  • ރަހުމުކުޑަ ޓެކްސީ ޑްރައިވަރުގެ ދިފާއުގައި ނަލަ ޓެކްސީން ބަޔާނެއް ނެރެފި
  • އެމްޑީޕީގެ އިންތިހާބުގައި ނަޝީދުގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ
  • މި ފަހަރުގެ ވޯލްޑްކަޕް ބޯޅަ ޓްރިއޮންޑާ ހާއްސަ ވަނީ ކީއްވެ؟
  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©