• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދިވެހި ދެމަރިފިރިއެއްގެ ނަމުގައި 100 ވެހިކަލު

by މުރާސިލު
ޖޫން 15, 2024
in ޚަބަރު
0
ދިވެހި ދެމަރިފިރިއެއްގެ ނަމުގައި 100 ވެހިކަލު

ޒަމާންތަކެއް ވަންދެން ވެހިކަލުގެ ވަގު ވިޔަފާރިކުރާ ބަޔަކު ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައުލޫމާތު ހިއްސާ ކުރަމުން ޗީފް ސްޕްރިންޑެންޓު އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ކާރުގެ ވަގު ވިޔަފާރި ކުރާ މީހުން ފަޅާއެރީ މި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާ އެކު މެނުވީ ނުވަދެވޭ ސަރަހައްދައްގައި އޮއްވައި ވަގަށް ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ހޯދައި ބެލިބެލުމުން ކަމަށެވެ.

މި ވެހިކަލް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެމްއޭސީއެލް ގެ މުއައްޒަފެއް ކަމަށްވާ މ.ސީނިއަސުރުމާގެ، މުހައްމަދު ހައިޝަމް (42އ) އަދި މި ވައްކަމުގެ ވެރިއެއްގެ ގޮތުގައި ހަރަކާތެރިވާ މ.މޮޑަން ކޮމެޓު އަހްމަދު ނިޒާމް (43) އެވެ.

މި ވައްކަން ކުރި ގޮތުގެ ތަފްސީލު ދެމުން ފުލުހުން ބުނީ އެއަޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރުގެ އެއާޕޯޓުން ހުޅުމާލެ ގެންގޮސް ނަންބަރު ޕެލެޓް ބަދަލުކުރުމަށް ފަހު މާލެ ގެނެސް، ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ވެއްދި ކަމަށާއި އެއީ ނިޒާމަށް ކުއްޔަށް ދޫކޮށްފައި ހުރި ގަރާޖެއް ކަމަށެވެ. އޭނާގެ ހާޒިރުގައި ގަރާޖު ބެލި އިރު އެއަޕޯޓްސް ކޮމްޕެނީގެ ވެހިކަލާއި މީގެ ކުރިން އިމިގްރޭޝަނުން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއް ވެސް ފެނުނު ކަމަށެވެ.

ޕޮލިހުން އިތުރަށް ތަހުގީގުކޮށް ބެލިއިރު އަހުމަދު ނިޒާމުގެ ނަމުގައި 100 ވެހިކަލް ރެޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލުގެ ތެރެއިން ނިޒާމުގެ އަންހެނުންގެ ނަމުގައި 42 ވެހިކަލް ރެޖިސްޓްރީ ކޮށްފައިވެއެވެ.

މި ގަރާޖުގައި ވަގަށް ނަގާ ކާރުތައް އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ގޮތުން އޭގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލުމަށް އެ ވެހިކަލު ވިއްކުމުގެ ވިޔަފާރިވެސް ކޮށްފައިވެއެވެ.

ނިޒާމުގެ ކާރު ވައްކަމުގެ ނެޓު ވޯކުން ޓްރާންސްޕޯޓު އޮތޯރިޓީގެ ތެރެއިންވެސް ވަނީ އެތައް ބޮޑެތި ޖަރީމާތައް އެތަނުގެ އެކި ފަންތީގެ ވެރިންނާއެކު ކޮށްފައެވެ. މިގޮތުން އެ ވެހިކަލްތަކަށް ގަރާޖު ސިޓީ ދޫކޮށްފައިވަނީ ވެސް ގަވައިދާ ހިލާފަށެވެ.

ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023 ގެ ކުރީގައި, 2025, 2026, 2027, ބައްދަލު ނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©