• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ޖޭއެސްސީއަށް ކުއްލިއަކަށް ފަނޑިޔާރު ސުއޫދު

by މުރާސިލު
ފެބްރުއަރީ 13, 2024
in ޚަބަރު
0
ޖޭއެސްސީއަށް ކުއްލިއަކަށް ފަނޑިޔާރު ސުއޫދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓު ތަމްސީލުކުރުމަށް ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސައިފިއެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން މިހާތަނަށް ހުންނެވީ އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ސުޖޫންގެ މަގާމު ހަމަވާނީ މި އަހަރު ފަހުކޮޅުގައެވެ.

ސުޕްރީމް ކޯޓުން ބުނީ، ޖޭއެސްސީގައި އެ ކޯޓު ތަމްސީލުކުރުމަށް ފަނޑިޔާރު ސުއޫދު ހަމަޖައްސާފައިވާ ކަމަށެވެ. މި ކުއްލި ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ފަނޑިޔާރު ސުޖޫން އިސްތިއުފާ ދެއްވާފައިވާތީ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ފަނޑިޔަރު ސުޖޫން އަދި ޖޭއެސްސީންވެސް އިއުލާންކޮށްފައި ނުވެއެވެ.

ރައްޔިތުންގެ މަޖުލީހުން އިތުބާރު ނެތް ކަމަށް ނިންމި 2 މިނިސްޓަރުން ކަމަށްވާ ޑރ.ޝަހީމު، ޑރ.ހައިދު އަދި އޭޖީ އުޝާމަށް، ރައީސް ޑރ.މުއިއްޒު އަލުން މަގާމު ދެއްވުމުން ހުވާލައިދެއްވީ ފަނޑިޔާރު ހުސްނު ސުއޫދެވެ. މީގެ އިތުރުން މަޖުލީހުގެ ކޯރަމް ބެލުމަށް ނިންމާފައިވާ ނިންމުމާއި ރައީސް އަޒުލު ކުރުމަށް ނިންމާފައިވާ ކޯރަމު ގެ ގަވައިދުވެސް ސްޕްރީމް ކޯޓުން ވަނީ ސަރުކާރު ބޭނުންވި ގޮތަށް ވަގުތީ އަމުރެއް ނެރެފައެވެ. މި މައްސަލާގައި ރައްޔިތުންގެ މަޖުލީހުން ނިންމާފައިވަނީ ސްޕްރީމު ކޯޓުގެ އަމުރަށް ތަބާ ނުވުމަށެވެ.

ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިޚާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިޚާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ވެސް އިންނަވައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©