• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ތާޑުޕާޓީ ވެބްސައިޓުތައް މެދުވެރިކޮށް ފައިސާ ދައްކާފައިވާކަން ކަށަވަރު ނުކުރުމަށް ބެންކު އޮފް މޯލްޑިވްސްއިން އެދިއްޖެ

by މުރާސިލް ޓީމް
ފެބްރުއަރީ 14, 2021
in ޚަބަރު, އިގްތިސާދު
0
ތާޑުޕާޓީ ވެބްސައިޓުތައް މެދުވެރިކޮށް ފައިސާ ދައްކާފައިވާކަން ކަށަވަރު ނުކުރުމަށް ބެންކު އޮފް މޯލްޑިވްސްއިން އެދިއްޖެ

މިހާރަކަށް އައިސް އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަދި ހާއްސަކޮށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ފަހު ފައިސާ ދެއްކުމަށް، ތިންވަނަ ފަރާތެއް މެދުވެރިވާ ވެބްސައިޓުތަކުން މުއާމަލާތް ނުކުރުމަށް ބެންކު އޮފް މޯލްޑިވްސްއިން އިލްތިމާސް ކޮށްފިއެވެ. މިގޮތުން ފައިސާ ދެއްކުމަށާއި ފައިސާ ދައްކަން ކަށަވަރު ކުރުމަށް ތާޑުޕާޓީ ވެބްސައިޓުތަކުގައި މުއާމަލާތް ކުރުމުން އެ ފަރާތެއްގެ ޒާތީ ސިއްރު މައުލޫމާތު ތަކެއް އެ ވެބްސައިޓާ ހިއްސާކުރެވި، އާއްމު ރައްޔިތުންނަށް ދެރަ ގޮތެއް މެދުވެރިވުން ވެސް އެކަށީގެންވެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށާއި، އިންޓަރނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެހެނިހެން އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އެދޭ ކަމަށެވެ. މިގޮތުން
”www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރާ ކަމަށާއި މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދޭ ކަމަށެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށްވެސް އެދެއެވެ. އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް އެއްގޮތަކަށް ވެސް ބޭނުން ނުކުރަމަށް ބޭންކު އޮފް މޯލްޑިވްސްއިން އެދޭ ކަމަށާއި، ކަސްޓަމަރުންނަށް ބެންކު އޮފް މޯލްޑިވްސް ގެ އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެ ކަމަށްވެސް ބެންކު އޮފް މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާއަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ އެންމެ މުހިއްމުކަންތަށް ކަމަށާއި، އެހެން ފަރާތްތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް އަޅާފައިވާނެ ކަމަށް ބެންކު އޮފް މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ބީއެމްއެލްއިން އިލްތިމާސް ކުރަނީ، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތްތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރާ ކަމަށާއި ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރި ކަމަށް ބެންކުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރެވޭނީ މި ފަދަ ކަންތައްތަކަށް ކަސްޓަމަރުން ވީހާވެސް ބޮޑަށް ހޭލުންތެރިވެގެންނެވެ. އަދި ތަކުރާރުކޮށް ވެސް ބެންކުން އެދޭ އެދުމަކީ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށާއި، ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©