ސިފައިންގެ ލަފާދޭ މަޖުލީހަށް ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން ހަމަޖައްސައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މިއީ ދިވެހި ތާރީހުގައިވެސް ސިފައިންގެ ލަފާދޭ ކޮމެޓީއަށް އަންހެން އޮފިސަރުން އައްޔަންކުރި ފުރަތަމަ ފަހަރެވެ. މިގޮތުން މި މަގާމަށް އައްޔަން ކުރި ދެ އޮފިސަރުންނަކީ ލެފްޓިނެންޓު ކާނަލް ހައްވާ ޝެނިން އާއި ލެފްޓިނެންޓު ކާނަލް ޑރ. ފާތުމަތު ތަހުސީނާ އިބްރާހިމެވެ. މިހާރު ގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ ވެސް ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. ފަހަކަށް އައިސް ޕޮލިހާއި އެމްއެންޑީއެފް ގެ މަތީ މަގާމުތަކަށް އަންހެނުންނަށް ދަނީ ގިނަ ފުރުސަތުތައް ލިބެމުންނެވެ