މިހާރު މާލޭގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މުޒާހަރާ ކުރާ އިދިކޮޅު ޕިޕީއެމުގެ މުޒާހަރާތަކުގައި ބައިވެރިވާ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން ކޮވިޑް19އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ނޫނީ ރައްޔިތުންގެ މަޖުލީހަށް ނުވެއްދުމަށް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.
ކުރީގެ ރައްޔިތުންގެ މަޖްލީހުގެ ނައިބްރައީސް ކަމާއި މެމްބަރުކަން އަދި އެމްޑީޕީގެ ޗެއަރޕަސަންގެ މަގާމު ވެސް އަދާކުރައްވާފައިވާ ރީކޯ މުސަ ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ކުރަން ޖެހޭ ސަބަބަކީ ރައްޔިތުންގެ މަޖުލީހުގައި މަސައްކަތްކުރާ މުއައްޒަފުންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައެވެ.
މާލޭގައި ތޮއްޖެހިގެން ކުރަމުންދާ މުޒާހަރާތަކަކީ ކަނޑައެޅިގެން އެޗްޕީއޭގެ ގައިޑްލައިން ތަކާ ހިލާފަށް އެއްވެ އުޅޭ އެއްވުން ތަކެއް ކަމަށްވެފައި، މި ފަދަ އެއްވުން ތަކުން ފަސޭހައިން ބަލިފެތުރުމުގެ ފުރުސަތު ބޮޑެވެ. އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވަނީ 10 މިހުންނަށްވުރެ ގިނައިން މީހުން އެއްތާކަށް އެއްވެ ނޫޅުމާއި ހަފްލާތަކާ ޕާޓީތައްވެސް ނުބޭއްވުމެވެ. އެހެން ވިޔަސް މިހާރު މި މުޒާހަރާތަކުގެ ސަބަބުން، މި މުޒާހަރާގައ ބައިވެރިވާ މަޖްލިސް މެމްބަރުން އެނބުރި މަޖުލީހުގެ ޖަލްސާތަކަށް އައުމުން ރައްޔިތުންގެ މަޖްލީހުގައި މަސައްކަތްކުރާ މުއައްޒަފުންނާ އެހެން މެމްބަރުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ކޮވިޑް19 އަށް ޓެސްޓު ހަދާ ނެގެޓިވް ވުމުން މަޖްލީހުހަށް ހާޟިރުވުމަކީ އެންމެ ރައްކާތެރިގޮތެވެ. މޫސަވެސް ފާހަގަ ކުރައްވަނީ އެ ޕޮއިންޓެވެ. އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ގޮތުގައެއް ނޫނެވެ