ރައްޔިތުންގެ މަޖުލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަކި ކުރުމަށް ބޭނުންވާ ސޮއި އެމްޑީޕީން ހަމަކޮށްފިއެވެ.
މީގެ ކުރިންވެސް އީވާ ވަކި ކުރުމުގެ ގަރާރަށް ސޮއިކޮށްހަމަކޮށް މަޖުލީހަށް ވަނީ ހުށައަޅާފައެވެ. އެ ފަހަރު ގެ މައްސަލަ ކުރިއަށް ނުގެންދެވުނީ އަމީންއާއްމުގެ އެއްބާރުލުން ނުލބުމާއި މަޖުލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވަނުލެވޭ ކަމަށް ބުނެ އެޖެންޑާ ނުކުރެވުމުންނެވެ. މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާއި އެކު އީވާ ގެ މައްސަލަ ނެގީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ.
މިހާރުވެސް މަޖުލީހުގައި ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު، އެ މައްސަލަވަނީ ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައި ބޭރުކޮށްލާފައެވެ. އޭގެ ފަހުން ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބް ރައީސް އީވާވެސް ނިންމާފައިވަނީ ނަޝިދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ މައްސަލަ އަލުން ހުށައެޅުމަށެވެ.




