• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަޖުލީހުގެ ކޮމެޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކަަށް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ތަޅުލައިފި

by މުރާސިލު
ޖޫން 12, 2023
in ޚަބަރު
0
މަޖުލީހުގެ ކޮމެޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކަަށް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ތަޅުލައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ކުރިއަށްގެންދިޔުމަށް ކަނޑައަޅާފައިވާ ހުރިހާ ކޮޓަރިތަކާއި މާލަންތައް ހިމެނޭ ތަންތަނުގައި ތަޅުލައި މެމްބަރުންނަށް ނުވަދެވޭ ގޮތް ހަދައިފިއެވެ.

ރައްޔިތުންގެ މަޖުލީހަށް ހުށައަޅާފައިވާ، އެ މަޖުލީހުގެ ރައިސް ކަމުން މުހައްމަދު ނަޝީދު ދުރުކުރުމުގެ މައްސަލައާއި، މަޖުލީހުގެ ނައިބްރައީސް ކަމުން އެމަނިކުފާނުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަވެސް ކުރިއަށް ނުގެންދެވިގެން މަޖުލީހުގެ އިދާރި މޭޒުން ހުއްޓުވާފައެވެ. ކޮމެޓީތަކަށް މެމްބަރުން ހަމަނުވާ ކަމަށް ބުނުމާއި ކޮމެޓީތައް އަލުން ހަދަން ޖެހޭނެ ކަމަށް ބުނެ މި ދެ މައްސަލަ އެޖެންޑާ ކުރަން ދެކޮޅު ހަދަމުންދަނީ ރައްޔިތުންގެ މަޖުލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއެވެ. މި މައްސަލާގައި އެ ފަރާތުން ފާހަގަކުރާ ޕޮއިންޓުތަކަށް މަޖުލީހުގެ މެޖޯރިޓީ ލީޑަރާއި އަދި ބައެއް ގާނޫނީ ބޭފުޅުންގެ ހިޔާލުވެސް ތަފާތެވެ. އެ ބޭފުޅުން ވިދާޅުވަނި މަޖުލީހުގައި ދާއިމީ ކޮމެޓީތައް އޮންނާނެ ކަމަށާއި އެއްވެސް ކޮމެޓީއެއް މަރުތަޅުއަޅުވާފައި ނުބޭއްވޭނެ ކަމަށެވެ.

ކޮމެޓީތައް ބޭއްވުމަށް މަޖުޅިހުގެ އަމީންއާއްމަށް ދެންނެވުމުންވެސް އެފަރާތުންވަނި މަޖުލީހުގެ މެމްބަރުންނަށް އެއްބާރުލުން ނުދީފައެވެ. މި މައްސަލަ ހޫނުވެފައިވަނިކޮށް މިއަދު ވަނީ މަޖުލީހުގެ ކޮމެޓީތައް ބާއްވާ ކޮޓަރިތަކުގެ ތަޅު ބަދަލުކޮށް، ތަޅުލައި އެއްވެސް މެމްބަރަކަށް ނުވަދެވޭގޮތް ހަދާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު މަޖިލީހުގެ އިމާރާތް ކޮންޓްރޯލް ކުރުން ނުވަތަ މަޖިލީހުގެ ގޯއްޗާއި އިމާރާތަކީ މަޖިލިސް ރައީސްގެ ބާރުގެ ދަށުގައިވާ ތަންތަން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން ތުހުމަތުކުރާ ގޮތުގައި ނަޝީދު ވަކިކުރުމުގެ މައްސަލައާއި، ނަޝީދާއި އެމްޑީޕީ އަދި ރައީސް ސޯލިހާއި ޖެހިފައިވާ މައްސަލާގައި މަޖުލީހުން ގަވައިދާ ހިލާފަށް ހިންގާ ހުރިހާ ކަމަކަށް އެއްބަރުލުންދެނީ މަޖުލީހުގެ އަމީންއާއްމު ނިއުޝާއެވެ. މިއީ ރައްޔިތުންގެ މަޖުލީހުގެ ހަޔާތުގައި ދުވަަހަކުވެސް އާއްމުންނަށް ފެނުނު މަންޒަރެއްނޫނެވެ. އާއްމު ރައްޔިތުންގެ ކަންބޮޑުވުމަކީ ރައްޔިތުންގެ ފައިސާއިން އެތައް އިސްރާފެއް ކުރަމުން ހުރިހާ ބިލެއް ހުއްޓުވާލައިގެން ތިބެ ވަކި މީހެއްގެ ސިޔާސީ ހަޔާތަށްޓަކައި މުޅި މަޖްލިސް މަރުތަޅުއަޅުވައިގެން އުޅޭތީއެވެ.

ގުޅުންހުރި ލިޔުންތައް

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©