• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

މަސްތުވާތަކެތީގެ މައްސަލަަތަކެއްގައި ގއ، ގދ އިން ދެމީހުން ހައްޔަރުކޮށްފި

by މުރާސިލު
މެއި 12, 2024
in ޚަބަރު
0
މަސްތުވާތަކެތީގެ މައްސަލަަތަކެއްގައި ގއ، ގދ އިން ދެމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. ކަނޑުހުޅުދޫ، ގއ. ކޫއްޑޫ އަދި ގދ. ވާދޫގައި  ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ 

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ އޮޕަރޭޝަންތަކުގެ ތެރެއިން ކަނޑުހުޅުދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން ވާދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، އޭނާ ދިރިއުޅޭގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިން ކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ކޫއްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޫއްޑޫއިން 30 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްްޗެއް ހުރި ރަބަރު ގަނޑެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަތައް ފުލުހުން ތަހުގީގުކ ކުރަމުންދާ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި

މާރޗް 18, 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން 3 މީހުން ހައްޔަރުކޮށްފި
  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©