ވެމްކޯ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަބްދުލްކަރީމު (ރުކުމާ މުހައްމަދު) އައްޔަން ކޮށްފިއެވެ.
މީގެ ކުރިން ރައްޔިތުން މަޖުލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ކޮށްފައިވާ ރުކުމާ ޕީޕީއެމާއި ގުޅުނީ މިދިޔަ ވެރިކަމުގެ ފެށުނު ހިސާބުންނެވެ. އެމްޑީޕީ ޓީކެޓުގައި މަޖުލިސް މެމްބަރުކަމަށް ހޮވުނު ރުކުމާ މުހައްމަދު، އެ ޕާޓީން ވަކިވީ މަޖުލިސް ޕްރައިމަރީން ބަލިވުމުންނެވެ. އެ ފަހަރު ޕްރައިމަރީ ކާމިޔާބުކޮށް މެމްބަރަކަށް ހޮވުނީ އަދުން ހުސެންއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކީ މުޖުތަބާ ޖަލީލެވެ.




