ފަލަސްތީނުގެ ނިކަމެތި މުސްލިމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ އިޒްރޭލުން ދެމުންދާ އުދުވާނީ، ލާއިންސާނީ އަމަލުތައް ކުށްވެރިނުކޮށް، އެކަމާ ކަންބޮޑުވެގެން ވާހަކަ ނުދައްކާ ސިޔާސީ ލީޑަރުންނާއި ޕާޓީތަކަކީ ހަމައެކަނި މަޖުލީހުގެ ރައިސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީން އެކަނި ކަން ހާމަވެއްޖެއެވެ.
ސައްތައިން ސައްތަ މުސްލިިމު ގައުމެއް ކަމަށްވާ ދިވެހޮރާއްޖޭގެ ހުރިހާ ރައްޔިތުން ތާ އަބަދު ފަލަސްތީނަށްޓަކައި ދުއާކޮށް، އިޒްރޭލުގެ ހަމަލާތައް ކުއްވެރިކުރަމުންދާއިރު ދިވެހި ސަރުކާރުންނާއި ސިޔާސީ ލީޑަރުންވެސް ގެންދަވަނީ އެ ބޭފުޅުންގެ ޝުއޫރުތައް އާއްމުންނާ ބައިނަލްއަގުވާމީ މުޖުތަމައުއަށް ހާމަކުރަމުންނެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން ފެށި އަގްސާ މިނިވަން ކުރުމާއި ފަލަސްތނު ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅު ފެށި ހަނގުރާމައިގައި އިޒްރޭލުންދަނީ ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ހަމަލާދީ އެތައް ބައެއް ޝަހީދުކޮށް ބޮޑެތި އިމާރާތްތައް ބިމާ ހަމަކުރަމުންނެވެ. މި އަމަލުތައް ކުށްވެރިކޮށް، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އިންތިހާބީ ރައީސް ޑރ. މުއިއްޒާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ވެރިކަންކުރާ ޕާޓީ އެމްޑީޕީއާއި، ރާއްޖޭގައި ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި އުރިދޫއާއި، ބޮޑެތި ކުންފުނިތަކުގެ އިތުރުން ސިޔާސީ ހުރިހާ ފަރާތްތަށް ކަހަލަ ގޮތަކަށް އެ އަމަލު ކުށްވެރިކޮށް ވާހަކަދައްކަމުންދާއިރު، ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕާޓީން އެ ކަމާ މާބޮޑު ފަރުވާލެއް ނެތުމުން އާއްމުންގެ ތެރޭގައި ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެމަނިކުފާނަކީ އިޒްރޭލާ ކުރިންވެސް ވަރަށް ގާތް ގުޅުމެއް ބަހައްޓަވާ ބޭފުޅެއްގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކާވެސް ގުޅުން އޮންނާތީ އެމީހުން ނުރުހުން އަމާޒުވެދާނެ ކަމަށް (އިޒްރޭލުގެ އުދުވާން) ކުއްވެރި ނުކުރަނީ ކަމަށްވެސް ބައެއް މީހުން ބުނެފައިއެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކާ ފާޅުގައި ތާއިދުކޮށް ފަލަސްތީނާ ހަމާސްއަށް ފާޑުކިޔަމުންދާ ވެރިންގެ ތެރޭގައި އެމެރިކާގެ ރައީސް، އިނގިރޭސި ބޮޑުވަޒީރު، ޔޫރަޕިއަން ޔޫނިއަން އަދި ޔޫރަޕްގެ ގައުމުތަކުގެ ވެރިން ހިމެނެއެވެ.
އަންނިސޮރަކީ ޔަހޫދީއއެއް މަތިންބައިން މުސްލިމެއް ވަރަށް ސާފް
އަންނި ސޮރަކީ ހުރިގޮތަށް ހުރި ޔަހޫދީއެއް މަތިންބައިންމުސްލިމެއް ވަރަށް ވަރަށް ސާފް
Nasheed akee seedhaa yahoodheenge puppet eh
އެފަދަ ަޔަކު މުއިއްޒު މިއުޅެނީ މާއަރިސްކޮންގެން ޕޕމއަށްނުދީ މިމީހުނަޒްވަޒީފާތައްދޭން ކަމަކުނުދޭތިގޮތެެް