މ. މުއްޔަށް ރާޅާއަޅަން ގޮސްއުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެއެވެ. މުލީ ކައުންސިލާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ އެމީހާ މ. ވޭވަށުން ފެނިފައިވާ ކަމަށެވެ. ވޭވަށަށް ފަތުރުވެރިޔާ ދިޔައީ އޭނާ ގެންގުޅުނު ވިންޑުސާފު ކަނދުގައެވެ. އޭނާ ގެއްލުނީ ކޮޅިގަނޑެއްގައި ޖެހިގެން އަނބުރާ މުއްޔަށް ނުދެވިގެންނެވެ. ފަތުރުވެރިޔާގެ ފެނުނު އިރު އެއްވެސް ގެއްލުމެއް ލިބިފައި ނުވެއެވެ.
އެ ސަރަހައްދުގައި ރާޅާއަޅަން ގޮސް އުޅުނު 7 ފަތުރުވެރިންގެ ތެރެއިން ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި ދުވަސްވަރަކީ މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެއްކަންވެސް އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.