މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަވިސްއިން މައުލޫމާތުދޭ ގޮތުގައި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަނީ މ.ގޯބިލިގަސްދޮށުގެ، ސަލީމާ ސަލީމް (52އ) އެވެ.
އޭނާ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެންކަމުން ޕޮލިހުންގެ ތަހުގީގީ މަރުކަޒު ’ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ‘ އަށް ސަލީމާ ސަލީމު ހާޒިރު ވުމަށް ޕޮލިހުންގެ އިއުލާނުގައި ބުނެފައިވެއެވެ.