• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ދޮން’އުނބަރާ ނައިޓް: ހުޅުމީދޫ ރައްޔިތުން ހެއްވާލައިފި

by މުރާސިލް ޓީމް
އޯގަސްޓް 11, 2021
in ޚަބަރު, ރިޕޯޓު
0
ދޮން’އުނބަރާ ނައިޓް: ހުޅުމީދޫ ރައްޔިތުން ހެއްވާލައިފި

އައްޑޫ ސިޓީގެ ހުޅުމީދޫގައި މީގެ ކުރިން ދުވަހަކުވެސް ބާއްވާފައިވާ ނުވާ ފެންވަރުގެ މިއުޒިކް ޝޯވް އަކާއި އެކު ފާހަގަ ކުރި ދޮން އުނބަރާ ނައިޓުން ހުޅުމީދޫގެ ރައްޔިތުން ހެއްވާލައިފިއެވެ. ދޮން އުނބަރާ އާއިލާއަށް ނިސްބަތްވާ އައިޝަތު ޝަހުދާ (ބަހޫ) ގެ އިސްނެންގެވުމުގެ މަތިން ބޭއްވީ މި ހަރަކާތުގައި ތަފާތު ގިނަ އިޖްތީމާއި ކަންތައްތަކަށް އެހީތެރިވުންވެސް ކުރިއަށް ދިޔައެވެ.

މިގޮތުން މިއުޒިކް ޝޯވްގައިވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އިފްތިތާހު ކުރެވގެން ދިޔައީ މިއުޒީޝަނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އެހީތެރިވުމަށް ސްޓޫޑިއޯއެއް ހުޅުވަން ހަމަޖެއްސުމެވެ. މި ގޮތުން ’ކީތު ރެކޯޑިންގ ސްޓޫޑިއޯ‘ ގެ ނަމުގައި ސްޓޫޑިއޯގެ ހަރަކާތްތަށް އިފްތިތާހުކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.

ދޮންއުނބަރާ ނައިޓަށް ހުޅުމީދޫއަށް އައި މެހެމާނުންނަށް މަރުހަބާ ދެންނެވުމުގެ ތެރެއިން

މިއުޒިކް ޝޯވގެ އިތުރުން ރަށުގެ އިޖްތިމާއީ އުމުރާނީ ތަރައްގީގެ ކަންތައްތަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން ރަށު ސްކޫލަށް އަލަށް އިތުރު ކުރެވުނު 7 ކުލާސް ރޫމަށް ބޭނުންވާ ކޮމްޕިއުޓަރ ވަނީ ހަދީޔާކުރެވިފައެވެ.

ހުޅުމީދޫގައި މޯލްޑިވްސް ޕޮލިސް ސަވިސަސްގެ ފަރާތުން ބޭއްވީ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން މެޑަލްއާއި އެނޫންވެސް އެހީތެރިކަމަށް އެދުނު ކަންތައްތައް ފުރިހަމަކޮށް، ފަތަން ދަސްކުރުމުގައި ބައިވެރިވި ކުދިންގެ ނިންމުމުގެ ރަސްމިއްޔާތު އިތުރަށް ވަނީ ކުލަގަދަ ކޮށްދީފއެވެ.

ހުޅުމީދޫގައި ކުޑަކުދިންނާއި އާއްމުން ބޭނުން ކުރުމަށް ޕާކެއް ހެދުމަށް ނިންމާފައިވެއެވެ. މި ގޮތުން މި މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އެހީތެރިކަމާ އަދި ދޮންއުނބަރާ އިވެންޓާއި ބެހޭގޮތުން އައިމިނަތު ޝަހުދާ (ބަހޫ) ވިދާޅުވީ އަބަދުވެސް ރަށަށް ކޮންމެވެސް ކަމެއް ކޮށްދޭން ވިސްނާ ކަމަށާއި ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ރަށަށް އަންނަން ހަމަ ޖެހުމުން ފިރިމީހާއި އާއިލާއާ މަޝްވަރާކޮށް މި ކަހަލަ ކަންތައްތަކެއް ކުރަން ވިސްނީ ކަމަށެވެ. މި ގޮތުން ޒުވާނުންނާއި ރަށު ރައްޔިތުން މުނިފޫހި ފިލުވުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިކުރުވުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބްރާހިމާއި އަލަށް އަރަމުން އަންނަ ޒުވާން ރެޕް ފަންނާނުން ކަމަށްވާ ޑެވިން އާއި ޓޯއީ ފަދަ ތަރިން ބައިވެރިކުރީ އެކި އުމުރު ފުރާއަށް ގުޅޭ ގޮތަށް ޝޯވއެއް ބޭއްވުމުގެ ގޮތުން ކަމަށެވެ. ކޮވިޑް19 ގެ ހާސްކަމުގައި ބަންދުވެފަ ތިބި ތިބުން ކޮންމެވެސް ވަރަކަށް ނިމުމަކަށް އައިސްފައިވާތީ މީހުން ބޭރަށް ނިކުލާ އުފާކޮށްލަންވެސް މި ކަހަލަ އިވެންޓެއްގެ މުހިއްމުކަމަށެވެ.

ރަށުގެ އިޖްތީމާއި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނީވެސް އެ ފަރާތްތަކާ މަޝްވަރާކުރެވިގެން ކޮންމެހެން އެންމެ މުހިއްމު ކަމެއްގެ ތަރުތީބުން އިސްކަންދީގެން ކަމަށެވެ. ބަހޫ ފާހަގަ ކުރެއްވި ގޮތުގައި މި ވަރުގެ އިވެންޓެއް ބޭއްވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ފިރިކަލުން މަމްދޫހު (މަންޑޭގެ) އެއްބާރުލުމާ އެހީތެރިކަން ލިބުމުން ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މި ފަދަ ކަންތައްތައް ބޭއްވުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މި ފަހަރު ރަށު ރައްޔިތުންގެ ފަރާތުން މެހެމާނުންނަށް ދިން ލޯތްބާއި، ފަންނާނުން ރަށަށް އައުމުން މަރުހަބާ ދެންނެވުމަށް ދިން ތަރުހީބެވެ.

ދޮން އުނބަރާ އިވެންޓަށް ހުޅުމީދޫއަަށް އައި ފަންނާނުންނާއި މެހެމާނުންނަށް ރަށުގެ މުއައްސަސާ ތަކާއި ޖަމުއިއްޔާތަށް ގުޅިގެން ވަރަށް ފުރިހަމަ މަރުހަބާއެއްވަނީ ކިޔާފައި

މި އިވެންޓު މި ވަރުގެ ކާމިޔާބު އިވެންޓަކަށް ވުމުގައި ރަށުގެ ރައްޔިތުންނާ ހާއްސަކޮށް މަންޑޭގެ ޓީމާއި، ހުޅުމީދޫއިން އަލީ ނޫރައްދީނާއި، ސަމާ އަދި ކުރީގެ މެމްބަރު ޝާޑުގެ ނަން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއެވެ. މޫސުން ގޯސްވެ ވިއްސާރައިގައި ވެސް މި ފަދަ ކަމެއް ކުރެވުނީތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި ކުރިއަށްވެސް މި ފަދަ އިވެންޓުތަކެއް ރަށުގައި ބޭއްވުމަށް ވިސްނަމުންދާ ކަމަށް ޝަހުދާ (ބަހޫ) ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

މެއި 19, 2026
ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި

މެއި 18, 2026
އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!

މެއި 18, 2026
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ

މެއި 12, 2026

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އަކްޝޭ ގެ ’ވެލްކަމު ޓުދަ ޖަންގަލް’؛ މާޒީގެ ފޮނި ހަނދާންތައް އާކޮށްދޭ، ހެއްވާ މަޖާ ފިލްމެއް
  • މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
  • ގެއްލުނު ފަތުރުވެރިން، ބޭރުގެ ޑައިވަރުން ހޯދައިފި
  • އަމިއްލަ މެމްބަރު ގެ ސަބަބުން މަހިނބަދޫ ކައުންސިލު ހުއްޓުމަކަށް!
  • ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 91 އަހަރުގެ މީހަކު ހޯދަނީ
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©