• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ފުއްގިރި މައްސަލާގައި ހައިކޯޓުން، ކުރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދުކޮށްފި

by މުރާސިލް ޓީމް
އޭޕްރިލް 11, 2023
in ޚަބަރު
0
ފުއްގިރި މައްސަލާގައި ހައިކޯޓުން، ކުރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދުކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދޫކުރި ރ. ފުއްގިރި މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކުރާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް ދަމަހައްޓައިފިއެވެ.

މިގޮތައް ހައިކޯޓުން ނިންމީ، މިއަދު މެންދުރުފަހު އޮތް ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެންމެ ފުރަތަމަ އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު ދީބަނާޒް ފަހްމީއެވެ. އަދި އޭނާއަށް ފަނޑިޔާރު މުހައްމަދު ފައިސަލްވަނީ ތާއީދުކުރައްވާފައެވެ.

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދެއްކި މި ޝަރީއަތުގައި މިއަދުގެ މައްސަލަ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަޝަން ޝަފީއު، ފަނޑިޔާރު ދީބަނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކުރާ މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތަކުގެ ތެރެއިން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކަންކަމުގެ ތެރޭގައި އަހްމަދު އަދީބު އާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުންވެސް ހިމެނެއެވެ. އަދި މައްސަލައާ ގުޅުން ނެތް ހެކިތަކެއް ބަލައިގަތުމަށް ނިންމާފައިވާ ކަމަށްވެސް ޔާމީންގެ ވަކީލުން ވިދާޅުވެއެވެ. ހެއްކާ ބެހޭ އައު ގާނޫނު މިމައްސަލައިގެ މައްޗަށް ހިނގާނެ ކަމަށާއި އެހެންކަމުން އެ ގާނޫނުގެ ދަށުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަކަށް ޔާމީންގެ ވަކީލުން އެދިވަޑައިގަތެވެ.

ޝަރީއަތުގެ މަޖިލީހުގައި ރިޔާސަތު ބެލެހެއްޓެވި ހަސަން ޝަފީއުވަނީ ހެއްކާއި ބެހޭ ގާނޫނު މިމައްސަލައިގެ މައްޗަށް ހިނގާނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ނުކުރާކަން ފާހަގަކޮށް އެހެންވެ އެގާނޫނު މައްސަލައިގެ މައްޗަށް ހިނގާނެ ކަމަށް ނިންމަވާފައެވެ. އެހެންވެ ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ޔާމީނަށް ހަތް ދުވަހުގެ މުހުލަތެއް ދިނުމަށް ފަނޑިޔާރު ހަސަން ޝަފީއު ރައުޔު ނެރުއްވިއެވެ. ނަމަވެސް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަށް އަޣުލަބިއްޔަތު ނުލިބުމުން އެރައުޔާ އެއްގޮތައް ހުކުމެއް ނުކުރެއެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންވަނީ ނުފޫޒު ބޭނުންކުރައްވައިގެން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯއްވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާއެވެ.

ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ޑިސެމްބަރ 6, 2023
ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި

ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި

ޑިސެމްބަރ 6, 2023
މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ

މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ

ޑިސެމްބަރ 6, 2023
ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު

ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު

ޑިސެމްބަރ 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • އައްޑޫ ސިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
  • ގެދޮރުވެރިޔާ ސްކީމުގެ ކަންތައްތަކާ ބެހޭގޮތުން އެސީސީން ދޮގު ހެދިކަން ފަޅާއަރައިފި
  • މާލެސިޓީ ކައުންސިލަރ ރީހާން ޑިމޮކްރެޓްސް ޕާޓީން ވަކިވެއްޖެ
  • ސްޓެލްކޯ ގެ ޑެޕއިުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އަބްދުﷲ ނާޒިރު
  • މެޑިކަލް ޗެކަޕް، އައިވީއެފް އަދި ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު ކުރަން ޖެހޭ ހަރަދު އާސަންދައިން ލިބޭގޮތް ހަމަޖައްސައިފި
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©