• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ގާސިމު އިބްރާހިމް ދެކޮޅު ހައްދަވައިފި

by އަބްދުﷲ ސަފީގު އަލީ
ޖޫން 11, 2024
in ޚަބަރު
0
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ގާސިމު އިބްރާހިމް ދެކޮޅު ހައްދަވައިފި

އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އެތެރެ ނުވެނޭ ބިލަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމު ހުށައެޅުއްވި އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރަން ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލާ ބެހޭ ގޮތުން މިއަދު ރައްޔިތުންގެ މަޖުލީހުގައި ބަހުސްގައި މާމިގިލި ދާއިރާގެ މެމްބަރުވަނީ ވަރަށް ފާޅުގައި އެ ބިލާއި ދެކޮޅުކަން ހާމަކުރައްވާފައެވެ. މި ގޮތުން އެ ބިލު ހުށައެޅި މެމްބަރުގެ މަގުސަދަކީ ޕިއެންސީ ވެރިކަން ވައްޓާލުން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އައުން މަނާ ކުރަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި މިއީ ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ އެމްޑީޕީން މި މައްސަލަ ހުށަހެޅިއިރު ވިސްނަންވާ ވަރަށް ވިސްނާފައިނުވާ ކަމަށެވެ. ގާސިމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އައުން މަނާކުރުމާ މެދު ފިޔަވަޅެއް އަޅަން ވާނީ ވަރަށް ކެއްތެރިކަމާ އެކުގައެވެ.

ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކު ވިދާޅުވީ ޖަލްސާގެ ކުރިންވެސް މި ބިލަށް ގާސިމު ތާއިދު ނުކުރައްވާ ކަމަށާއި މަޖުލީހުގެ ކުޑަ ދަށުގައި ވެސް އެ މޭރުމުން ވާހަކަ ދެއްކެވި ކަމަށެވެ. އިޒްރޭލު ރައްޔިތުންވެސް ބޭނުން ގައުމަކަށް ދަތުރުކުރެވޭނެ ކަމަށާއި ހާއްސަކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި ރާއްޖެއަށް އިޒްރޭލު މީހުންނަށް އާދެވެން ޖެހޭނެ ކަމަށް ގާސިމު ވިދާޅުވި ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައިވެސް ގާސިމު ހުންނެވީ މި ބިލާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

މި ބިލު ހުށައެޅުއްވި މެމްބަރު މީކާއިލް ވަނި ގާސިމްގެ ވާހަކައަށް ރައްދުދެއްވާ މީހެއްގެ ނިޔަތް އެނގޭނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އަދި، ޕީއެންސީގެ ސަރުކާރު ނައްތާލުމުގެ ނިޔަތުގައި އެ ބިލު ހުށަހެޅި ކަމަށް ގާސިމް ވިދާޅުވީ އެމްޑީޕީގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި ސިޔާސީ މަންފާ ހާސިލުކުރަން ކަމަށްވެސް މީކާއިލް ތުހުމަތުކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، 19 ވަނަ މަޖިލީހުން ވެސް މިފަދަ ބިލެއްގެ މަސައްކަތް ކުރާން އުޅުނު ކަމަށެވެ. ހުދު އޭނާގެ ވެސް ވޯޓާ އެކު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިދިޔަ އޮކްޓޫބަރުގައި ގާރާރެއް ފާސްކުރި ކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި، މިދިޔަ ނޮވެމްބަރު މަހު ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ނަމަވެސް ޕީއެންސީ ސަރުކާރުގެ ފިއްތުންތަކާ އެކު އެ ބިލު އަނބުރާ ގެންދަން މަޖުބޫރިވީ ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފޮނުވަން ފެންނަ ކަމަށް ޕީއެންސީގެ ޕާލިމެންޓު ގުރޫޕުގެ ލީޑަރު ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ފޮނުވުމަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. މަޖުލީހުގެ މެމްބަރަކު ވިދާޅުވީ މި ކޮމެޓީ މަރުހަލާތަކުން ނިމުނަސް، ގާސިމް އިބްރާހިމް މެން ފަދަ ނުފޫޒު ގަދަ މެމްބަރުން މި ބިލާއި ދެކޮޅު ހައްދަވާތީ އަވަހަށް ފާސްވާނެ ކަމަށް ނުބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©