ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތައް ނުހުއްޓައިފި ނަމަ ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި އިޒްރޭލުގެ ތަސައްވުރަށް ކިލނަބު ކަމެއް އަންނާނެ ކަމަށާއި އެކަމާ ކަންބޮޑުވެ ނަޝީދު ވާހަކަ ދައްކައިފިއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކަށް މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން، އެ މަައްސަލާގައި ރައްޔިތުންގެ މަޖުލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުންވެސް ކަންބޮޑުވުން ފާޅު ކުރީ ދުނިޔެއިން އިޒްރޭލާ ދޭތެރޭ ދެކޭގޮތް ބަދަލުވެދާނެތީ އެކަމާ ބެހޭގޮތުންނެވެ. ނަޝިދު އިތުރަށް ވިދާޅުވީ ހަމަލާތައް ހުއްޓާ ނުލާ ނަމަ އެ ގައުމާމެދު ދުނިޔެ ދެކޭ ގޮތް ދުވަހަކުވެސް ބަދަލު ނުވާހާ ގޯސް ވެދާނެ ކަމަށެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލަމުން ނަޝީދު ވިދާޅުވީ އެކަން ނުހުއްޓައިފި ނަމަ އިޒްރޭލާ ދޭތެރޭ ދުނިޔެ ދެކޭގޮތް ބަދަލު ނުކުރެވޭހާ ގޯސް ވެދާނެ ކަމަށެވެ. އެމަނިކުފާނު އެ ފާހަގަ ކުރެއްވީ މި ދުވަސްވަރު މުޅި ދުނިޔޭގައި އިޒްރޭލާ ދެކޮޅަށް މަގުތަކަށް ނިކުމެ އެތައް މިލިއަން ބަޔަކު މުޒާހަރާކޮށް ނުރުހުން ފާޅުކުރަމުންދާތީ އެކަމާއެވެ. އިޒްރޭލާ ދެކޮޅަށް އަޑު އުފުލާ ގައުމުތަކުގެ ތެރޭގަައި ޔޫރަަޕާއި އެމެރިކާގެ ރައްޔިތުންވެސް ހިމެނޭއިރު އެ ގައުމުތަކުގަ ދިރިއުޅޭ ޔަހޫދީންވެސް ދަނީ އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު އެއްވުންތަކުގައި ބައިވެރިވެ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އަބަދުވެސް އިޒްރޭލާއި ގާތް ގުޅުމެއް އޮންނަ ނަޝީދު ގެ ސޯސަލް މީޑިއާގައި ނުވަތަ އެމަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަހެއް ނުބުނާތީ އާއްމުންގެ ފާޑުކިއުންވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ނަޝީދުގެ ވެރިކަމުގައި އިޒްރޭލާ ސިޔާސީ ގުޅުން ގާއިމު ކުރުމުގެ މަސައްކަތްކުރިއެވެ. އަދި އެގައުމުގެ މަދަނީ ޖަމުއިއްޔާތަކަށް ދައުވަތު ދީގެން ރާއްޖޭގައި މަސައްކަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދިނެެވެ. މި ކަންތައްތައް ހުއްޓުނީ އޭރު ނަޝީދު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނާ އަދާލަތު ޕާޓީގެ ނުރުހުން އަމާޒު ވުމުންނެވެ.
ރައްޔިތުންގެ މަޖުލީހުގެ ރައީސް ގެ މަގާމު ލިބުމުންވެސް އަދި އަމިއްލަ ޕާޓީ ޑިމޮކްރެޓްސް އުފައްދާފައިވެސް ނަޝިދުގެ އެންމެ ގާތް ގުޅުމެއް އުފެއްދީ އިޒްރޭލާއެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،300 އަށްވުރެ ގިިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގާޒާގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.
ނަޝީދު ޔަހަުދީ ދައުލަތާއިމެދު ހަމްދަރުދީ ފާޅުކުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެމެރިކާގެ ޑިމޮކްރަޓްސް ޕާރޓީގައިވެސް ގިނަވާނީ ޔަހޫދީންނެވެ.
ހައިރާން ނުވޭ ޔަހޫދީންގެ ބައްޕަ ތީ އަނގަ އައްޕަތެއް ހެން ހަދާލާފަ މިސޮރު މިހެން މިބުނަނީ ކީވެ ކަން އެއްމެންނައް ވެސް އެގޭނެ.