ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ދެ މީހަކު ހޯދުމަށް، މޯލްޑިވްސް ޕޮލިސް ސަވިސްއިން އިއުލާން ކޮށްފިއެވެ.
ޕޮލިހުން މައުލޫމާތުދޭ ގޮތުގައި މި ދެ މީހުން ހޯދަނީ ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ތީ، ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މި ދެ އަމުރާ ގުޅިގެން ހޯދަމުންދަނީ ހދ. ކުމުންދޫ، ވީނަސް، ޒަކަރިއްޔާ ޙަސަން (40އ) އާއި ށ. ކޮމަންޑޫ، އުރަހަ، މުޙައްމަދު ނިޔާޒް (43އ) އެވެ.
ޒަކަރިއްޔާ ޙަސަން ހޯދަމުންދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މުހައްމަދު ނިޔާޒް ހޯދަމުންދަނީ ރަހުނު ނުހިމެނޭ ފައިސާގެ ހުކުމް ތަންފީޒު މައްސަލައަކާ ގުޅިގެންނެވެ.
ޒަކަރިއްޔާ ޙަސަނާއި މުޙައްމަދު ނިޔާޒާާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެމީހުން މައުލޫމާތު ދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.