• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

ހޯރަފުށި ކައުންސިލުގައި ތިބީ ވަގުން – މެމްބަރު މުހައްމަދު އިސްމާއިލް

by މުރާސިލު
ޖުލައި 9, 2024
in ޚަބަރު
0
ހޯރަފުށި ކައުންސިލުގައި ތިބީ ވަގުން – މެމްބަރު މުހައްމަދު އިސްމާއިލް

ހޯރަފުށި ކައުންސިލުގައި ތިބީ ވަގުން ކަމަށް ބުނެ ކުރިން އެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ހޯރަފުށި ކައުންސިލުން އެކްސް ގައި ކުރި މެސެޖަކަށް ޖަވާބު ދެމުން މުހައްމަދު އިސްމާއިލް ބުނެފައިވަނީ އެކައުންސިލުގައި ތިބީ ވަގުން ކަމަށާއި، އެ ވަގުންގެ ތަރުތީބު ލިސްޓެއްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައެވެ.

ހޯރަފުށްޓަށް އުފަން މުހައްމަދު އިސްމާއިލަކީ ވިލިމާލެ ދާއިރާގެ މަޖުލިސް މެމްބަރެވެ. މީގެ ކުރިން ހޯރަފުށި ދާއިރާގެ ރައްޔިތުން މަޖުލީހުގެ އެއް ދައުރު ފުރިހަމަ ކުރުމަށް ފަހު ޖެހިގެން އައި ދައުރު ބޮޑު ތަފާތަކުން ބަލީވީ އަހުމަދު ސަލީމް (ސައްލެ) އާއި ވާދަކޮށްގެންނެވެ. ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ އޭގެ ފަހުން (އިންތިހާބުގައި ބަލިވި ފަހުން) މުހައްމަދު އިސްމާއިލާއި ކައުންސިލާ ދެމެދު އަބަދުވެސް ބަހުގެ ހަމަލާ ބަދަލުކުރާ ކަމަށާއި މި ސަރުކާރު ފެށުނު ފަހުން މުހައްމަދު އިސްމާއިލު ކައުންސިލަށް ވަރަށް ބޮޑަށް ދަތިކުރަން މަސައްކަތްކުރާ ކަމަށެވެ.

މުހައްމަދު އިސްމާއިލަކީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރެކެވެ. ހޯރަފުށި ކައުންސިލުގައި ހިމެނެނީ މުޅިންވެސް އެމްޑީޕީގެ މެމްބަރުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖުލީހަށް ހޯރަފުށި ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ މުހައްމަދު އިސްމާއިލާއި ގާތް ގުޅުމެއް އޮންނަ އަލީ މޫސާއެވެ.

މުހައްމަދު އިސްމާއިލުގެ ވާހަކައަށް ރައްދު ދެމުން ކުރން ޕީޕީއެމްގައި މަސައްކަތް ކުރި ހޯރަފުށި މީހަކު ބުނީ ހިޔާނާތާއި ވައްކަމުގެ ވާހަކަ ދައްކަން މުހައްމަދު އިސްމާއިލު އެކަށީގެން ނުވާ ކަމަށެވެ. މި ގޮތުން އެމްއެމްޕީއާރުސީން ފައިސާ ލިބުނު މީހުންގެ ތެރޭގައި މުހައްމަދު އިސްމާއިލު ހިމެނޭއިރު، އަމިއްލަ އިއުތިރާފުންވެސް ’ފައިސާ ގޯނި‘ ހިފައިގެން މެމްބަރުންނާއި ސިޔާސީ ވެރިންގެ އަރިހަށް ދިޔަ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން މިހާރު ގެ މެމްބަރު އަލީ މުސާ ވެސް ވައްކަމުގެ ބޮޑު މައްސަލައެއް އޭސީސީން ތަހުގީގުކޮށްފައިވާ ކަމަށާއި، ވެމްކޯގެ ބޮޑު ހިޔާނާތެއްގައިވެސް އަލީ މޫސާ ބައިވެރިވެފައިވާ ކަމަށް ސާބިތުވެފައިވާ ކަމަށެވެ.

ހޯރަފުށި ކައުންސިލުގެ އޮޑިޓު ރިޕޯޓާއި ބެހޭ ގޮތުން އެ ކައުންސިލުން ވަނީ ބަޔާނެއްް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކައުންސިލު މުއައްޒަފުންނާއި އަދި ކައުންސިލަރުން އަގު ވެއްޓޭ ގޮތަށް އަދި ހިޔާނާތާއި ވައްކަމުގެ ތުހުމަތު އެޅުވޭ ގޮތަށް އެ ކައުންސިލާ މެދު ވާހަކަ ދެކެވެމުންދަނީ ރަނގަޅު މައުލޫމާތު ލިބިފައިނުވާ މީހުންނެވެ. އެހެންކަމުން ރަނގަޅު މައުލޫމާތު ހާމަކުރުމަށް އެކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©