• ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ފުރަތަމަ ޞަފްޙާ
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
Menu
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Search
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް
Menu
  • ޚަބަރު
  • ރިޕޯޓު
  • އިގްތިސާދު
  • މުނިފޫހިފިލުވުން
  • ކުޅިވަރު
  • ދުނިޔެ
  • ދީން
  • ދިރިއުޅުން
  • ފިނިއަށި
  • ކޮލަމް
  • ތަސްވީރުން މުރާސިލް

އައްޑު އަތޮޅު ކުރީގެ އަތޮޅުވެރިޔާ އަވަހާރަވެއްޖެ

by މުރާސިލު
ޖޫން 9, 2023
in ޚަބަރު
0
އައްޑު އަތޮޅު ކުރީގެ އަތޮޅުވެރިޔާ އަވަހާރަވެއްޖެ

އައްޑު އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އަދި އެ އައްޑޫގެ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު އިބްރާހިމް ދީދީ އަވަހާރަވެއްޖެއެވެ. މިއަދު ހެނދުނު އަވަހާރަވި މުހައްމަދު އިބްރާހިމް ދީދީ (ތުއްބީގެ މުހައްމައިދީ، ސ. ހިތަދޫ، ބީޗްވިލާ) އަކީ އައްޑު އަތޮޅާއި އަދި ދިވެހި ސަރުކާރަށް ހިދުމަތްކުރެއްވި، އައްޑޫގެ ވަރުގަދަ ސަހުސިއްޔަތެކެވެ.

ދިވެހި ސަރުކާރަށް 43 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު އިބްރާހިމް ދީދީ އަކީ އައްޑޫ ތަރައްގީއަށްވެސް ގިނަގުނަ މަސައްކަތްތައް ކޮށްދެއްވި ބޭފުޅެކެވެ. މި ގޮތުން ވަރަށް ޒުވާން އުމުރެއްގައި (އުމުރުން 27 އަހަރުގައި) އައްޑު އަތޮޅު ހިތަދޫގެ ކުޑަކަތީބު ކަމުގެ މަގާމާއި ހަވާލުވެ އައްޑޫ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގައި އަމަލީގޮތުން އުޅުއްވިއެވެ. މި ގޮތުން ހިތަދޫ ކުޑަކަތީބު ކަމުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ހިތަދޫ ގައުކެޑި އާއި ހަންކެޑެ ގުޅައިލުމަށް އެޅުއްވި ފާލެމެވެ. މިއީ ސީދާ މުހައްމަދު އިބްރާހިމް ދީދީގެ ބެއްލެވުމުގެ ދަށުން އަދި އެމަނކުފާނުގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކުރެއްވި މަސައްކަތެކެވެ.

އައްޑުއަތޮޅުގައި ސަރުކާރުން އޭރު ހިންގެވި ޢުމްރާނީ، އިޤްތިޞާދީ، ތަޢުލީމީ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި މުޙައްމަދު އިބްރާހީމްދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. ހިތަދޫ ބޮޑުކަތީބުކަމުގައި ހުންނެވިއިރު، ހިތަދޫގައި ޤާއިމު ކުރެވުނު ސ.އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރެވިގެން ދިޔައީ، މުޙައްމަދު އިބްރާހީމްދީދީގެ މިންނެތް މަސައްކަތްޕުޅުންނެވެ. އަދި އައްޑުއަތޮޅުގައި ސަދަން ސެކަންޑްރީ ސްކޫލް ބިނާކުރެވުނީވެސް، މުޙައްމަދު އިބްރާހީމްދީދީގެ އަތޮޅުވެރިކަމުގައެވެ.

މުހައްމަދު އިބްރާހިމް ގެ އަރިހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރެއްވުން

މުހައްމަދު އިބްރާހިމް ދީދީއަށްވަނި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މި ގޮތުން ދައުލަތުން އެމަނިކުފާނުގެ ހިދުމަތް ފާހަގަކޮށް ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ”މުޙައްމަދު އިބްރާހީމްދީދީ، ހިތަދޫގެ ވެރިކަމުގެ މަގާމުތަކުގައްޔާއި، އައްޑުއަތޮޅު އަތޮޅުވެރިކަމުގައި ހުންނަވައިގެން ކުރެއްވި ފާހަގަކޮށްލެވޭ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ އަމަންއަމާންކަން ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގައި ހިނގާ ކަންކަން، އެ ރަށްރަށަށް ވަޑައިގެން ގާތުން ބައްލަވައި، އިދާރީ ހިންގުން ހަރުދަނާ ކުރެއްވުމަށް އިރުޝާދު ދެއްވުމާއި، ރަށްރަށުގައި ހިނގާ މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް ރަށްރަށުގެ ވެރީންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.

ސަރުކާރުން ހުޅުމީދޫގައި ޤާއިމުކުރެއްވި ޞިއްޙީ މަރުކަޒު ބިނާކުރެއްވުމުގައްޔާއި، އައްޑުއަތޮޅުގެ ރަށްރަށް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމާއި، ރަށްގިރުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމާއި، ރަށްރަށް ފެހިކުރުމުގެގޮތުންނާއި، ހުސްބިންތަކުގައި ރުއްގަސް އިންދުމާއި، އައްޑުއަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގެވުންފަދަ ކަންތައްތަކަކީ، މުޙައްމަދު އިބްރާހީމްދީދީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކެވެ. ދަތުރުފަތުރުގެ ފަސޭހައަށް، ގަމާއި، ފޭދޫ އެއްގަމުން ގުޅާލުމުގެ މަސައްކަތާއި، ރަށްރަށުގައި ކުޅިވަރުތައް ކުޅުމުގެ އިންތިޒާމުތަކާއި، ދަނޑުވެރިކަން ކުރެވޭނޭ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމުގައިވެސް، މުޙައްމަދު އިބްރާހީމްދީދީ އިސް ދައުރެއް އަދާކުރެއްވިކަމަށް“ ވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ބައްޕާފުޅުގެ މުހައްމަދު ދިދީ ގެ އަރިހުގައި.

މުޙައްމަދު އިބްރާހީމްދީދީއަކީ، ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

މުހައްމަދު އިބްރާހިމް ދީދީގެ ބޭފުޅުންނަކީވެސް ގައުމަށް ހިދުމަތްކޮށްދެއްވަފައިވާ އަދި މިހާރުވެސް ހިދުމަތުގައި ފާހަގަކުރެވޭ ފަރާތްތަކެކެވެ. މި ގޮތުން މިސަރުކާރުގެ ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް، ކުރީގެ މަޖްލިސް މެމްބަރު އަދި މިހާރު ސްޓެލްކޯ ގެ ޗެއަރމަން މުހައްމަދު އިބްރާހިމް ދީދީ އަކީވެސް އެމަނިކުފާނުގެ ބޭފުޅެކެވެ.

މުހައްމަދު އިބްރާހިމް ދީދީ އަވަހާރަވުމާ ގުޅިގެން ދައުލަތުގެ ވެރިންނާއި، އާއްމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

އޮކްޓޯބަރ 17, 2025
އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި

އޯގަސްޓް 21, 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި

އޯގަސްޓް 19, 2025
މަޖުލިސް އިންތިހާބުގެ ނުދައްކާ ވާހަކަތައް؛ ބޮންޑާގެ ދެބެންނަށް ނަޝީދު ދިން ’އަނިޔާ‘

މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން

އޯގަސްޓް 19, 2025

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ފަހުގެ ލިޔުންތައް

  • މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
  • އަބްދުއްރަހުމާން މަރުގެ މައްސަލާގައި ސިޔާސީ އެކްޓިވިސްޓަކާ އެކު އިތުރު ބަޔަކު ހައްޔަރުކޮށްފި
  • އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު އާއްމު ކޮށްފި
  • މީޑިއާ ’ތަޅުއަޅުވާ ބިލަށް‘ ނަޝީދު ފިޔަވައި ސިޔާސީ ހުރިހާ ވެރިންގެ ކަންބޮޑުވުން
  • ހައްޖު ކޯޕަރޭޝަނުގެ ފަތުރުވެރިން މާފުށީ ގޮނޑުދޮށުގައި ތިބޭނީ ކަނުބަނދެގެން
Facebook-f
Twitter
Instagram
Telegram
Whatsapp
Email: info@muraasilu.mv | Phone: +960 3000007
Afsanage No3, Ground Floor, Gul’hazaaru Goalhi. Male‘, Maldives
Copyright 2021, Muraasilu Media, All Rights reserved ©